ޗުއްޓީގައި އުޅޭއިރު ސިއްހީ މާހިރުންގެ ނަސޭހަތް ހަނދާނުގައި ބަހައްޓާތި: މަބްރޫކް

b_6sdIntRd0H9rH2IY3BRQArU0R.jpg

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު --- ފޮޓޯ: ރައީސް އޮފީސް

އަޟްހާ އީދާއި މިނިވަން ދުވަހުގެ ޗުއްޓީ ހޭދަކުރަމުން ދާއިރު ސިއްހީ މާހިރުންގެ ނަސޭހަތާއި އިރުޝާދުތައް ހަނދާނުގައި ބެހެއްޓުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު އެދިވަޑައިގެންފިއެވެ،

އެގޮތުން މާސްކު އެޅުމަށާއި އަވަސް އަވަހަށް ސެނަޓެއިޒާ ބޭނުން ކުރުމަށާއި ގިނަގިނައިން އަތް ދޮވުމުގެ އިތުރުން ބައްދަލުވާ މީހުން ވީހާވެސް މަދު ކުރުމަށް މަބްރޫކު ގޮވާއިލެއްވިއެވެ.

މީގެ އިތުރުން ކޮވިޑްގެ އިތުރު ރާޅަކުން ސަލާމަތްވުމަށް ފަރުދީ ޒިންމާ އަދާކޮށް، ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް ކޭސްތައް މަދުވަމުން އައުމާ އެކު މިމަހުން ފެށިގެން ސަރުކާރުން ދިން ލުޔާއެކު މިހާރު ގިނަ ބަޔަކު ވަނީ އަތޮޅު ތެރެއަށްގޮސްފައެވެ.

މިއީ އަޟްހާ އީދުގެ ބަންދު ކަމުން ގިނަ ބަޔަކު އެއްވެ އީދު ފާހަގަ ކުރުން ހުއްޓުވުމަށް އެޗްޕީއޭއިން ވަނީ ކުޅިވަރުތަކާއި ހަފްލާތަކުގައި އާންމުން އެއްތަނަކަށް ގިނައިން އެއްވެ އުޅުން މަނާ ކޮށްފައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top