އަންނަ ނޮވެންބަރު/ ޑިސެންބަރު މަހު ބާއްވާ ކޭމްބްރިޖް އިންގްލިޝް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ވިދާޅުވީ، އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށާއި، މިމަހުގެ 22 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
އެ އިދާރާގެ ގެ ކައުންޓަރުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ކަމަށާއި، އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅާނަމަ މެއިލް ކުރާނީ [email protected] އަށް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނުން ބުނެފައި ވެއެވެ. އަދި، އިމްތިހާނަށް ފައިސާ ބަލައިގަންނާނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށްކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ވަނީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު/ އޮކްޓޫބަރު މަހު ކުރިއަށް ގެންދާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިހާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ހުށަހެޅުމަށްވެސް ހުޅުވާލާފަ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.