މަލްޓިޕާޕަސް ހޮޓާ، ދިހަ އަހަރުގެ މުއްދަތަށް މަހަކު ތޭވީސް ހާސް ރުފިޔާ އަށް

244379091_2940971359360458_1505945055779718833_n.jpg

ބ.އޭދަފުށީ ކައުންސިލުގެ މަލްޓިޕާޕަސް ހޮޓާ ނުވަތަ ސަލްސާ ރޯޔަލް ރެސްޓޯރަންޓް ހިންގަމުން އައި އިމާރާތް މަހަކު 23000 ރުފިޔާ އަށް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފިއެވެ.

މި ހޮޓާ ކުއްޔަށް ދޫކޮށްފައިވަނީ އޭދަފުށީ ދޭދަރުގެ ޔޫސުފް މޫސާ އަށެވެ.

ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި އޭދަފުށީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހެވެ. ޔޫސުފްގެ ފަރާތުން ސޮއިކުރެއްވީ އޭނާ އެވެ.

މިއަދު ސޮއިކުރި އެއްބަސް ވުމުގައިވާ ގޮތުން މިތަނުގެ ކުލި ހިނގަން ފަށާނީ އަންނަ ނޮވެމްބަރު މަހު 1ވަނަ ދުވަހުން ފެށިގެންނެވެ.

ރައީސް ފާތިހު ވިދާޅުވީ އެތަން ޔޫސުފަށް ކުއްޔަށް ދޫކޮށްފައިވަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ އޭނާ ކަމަށްވާތީ ކަމުގައެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެތަނުން ޚިދުމަތް ލިބެން ފަށާނެކަމަށް އުއްމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް އޭދަފުށީގައި ބޭކަރީއަކާއި ކެފޭއެއް ހިންގަމުން އަންނަ ޔޫސުފް ވިދާޅުވީ މަލްޓިޕާޕަސް ހޮޓަލަށް އަދި ނަމެއް ކަނޑައެޅިފައި ނުވާ ކަމަށާ ނަން ރަޖިސްޓަރީ ކުރުމުގެ ކަންތައް ކުރިއަށް އެބަ ދާކަމަށެވެ. އަދި އަންނަ މަހުގެ 1 ވަނަ ދުވަހަށް ހޮޓާ ހުޅުވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އޮތްކަމަށް ޔޫސުފް ވިދާޅުވިއެވެ.

ހޮޓަލުން ލިބެން ހުންނާނެ ޚިދުމަތްތަކާ ބެހޭ ގޮތުން އީވީއާ ވާހަކަ ދައްކަވަމުން ޔޫސުފް ވިދާޅުވީ މި ތަނުން އޭޝިޔާގެ ހުރިހާ ގައުމެއްގެ ކެއުން ލިބެން ހުރުމުގެ އިތުރުން އަރަބި މެނޫ އެއްވެސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވާކަމަށެވެ.

”ފެންވަރު ރަނގަޅު މީރު ކެއުން ރައްޔިތުންނަށް އެފޯޑަބްލް އަގެއްގައި ފޯރުކޮށްދިނުމަކީ އަޅުގަނޑުގެ އަމާޒު.” ޔޫސުފް ތަފްސީލު ކޮށްދެއްވިއެެވެ.

އެކަމަށް ބޭނުންވާ ޝެފުންނާއި އެހެނިހެން މަގާމުތަކަށްވެސް މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށް ޔޫސުފް ވިދާޅުވިއެވެ.

“ވޭޓަރުން ވެސް މި ގެންނަނީ ތަފާތު ކޮށްލުމުގެ ގޮތުން އިންޑޮނޭޝިއާއިން.” އޭނާ އިތުރު ކޮށްލެއްވިއެވެ.

ޔޫސުފް ވިދާޅުވީ ޕާޓީތައް ބާއްވައިދިނުމާއި ޕާޓީތަކަށް ތައްޔާރު ކޮށްދިނުމުގެ ޚިދުމަތްވެސް މިތަނުން ދެމުން ގެންދާނެކަމަށެވެ.

މަލްޓި ޕާޕަސް ހޮޓާ އެންމެ ފަހުން ހިންގީސަލްސާ އިންވެސްޓް މަންޓުން ސަލްސާ ރޯޔަލްގެ ނަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top