އިސްލާމް ދީނާ ގުޅޭ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަސޭހަ އަދި ޝައުގުވެރި ވަސީލަތްތަކެއް ބޭނުން ކޮށްގެން ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ގޮތުންނާއި އަދި އިޖުތިމާއީ މެސެޖުތަކާއި ނަސޭހަތްތައް ފޯރުކޮށްދީ ހޭލުންތެރި ކުރުވަން ބާއްވާ މުބާރާތެއް ކަމަށެވެ.
މި މުބާރާތަށް ހަތަރު ކެޓެގަރީއަކުން ވީޑިއޯ ކްލިޕް ހުށަހެޅެ އެވެ. އޭގެ ތެރޭގައި ކީރިތި ރަސޫލާ މީސްތަކުންނާ މުއާމަލާތް ކުރެއްވި ގޮތާއި އާއިލީ ގުޅުންތައް ހިމެނެ އެވެ.
މުބާރާތުން އެއްވަނަ ވީޑިއޯ ކްލިޕަށް ފަސްހާސް ރުފިޔާ ހުށަހަޅާފައިވެއެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްޓަކައި 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފޯމު ފުރިހަމަ ކުރެއްވުމަށް މިނިސްޓްރީން އެދެއެވެ. އަދި 14 ނޮވެންބަރ 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ބައިވެރިކުރާ ކްލިޕްގެ ސީޑީ މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވެސް އެމިނިސްޓްރީން އެދެއެވެ.