ކުޑަރިކިލު ބަނދަރު ހަދަން ފަށައިފި

Capture-4.jpg

ބ.ކުޑަރިކިލުގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޓީ ހޯގާޑް ކުންފުންޏަށް 318 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. މަޝްރޫއުގެ އަގަކީ 33،215،485.13 ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން ކުޑަރިކިލު ބަނދަރުގައި 246 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 316 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ. އަދި މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ކުޑަރިކިލުގައި ކުރިން އޮތީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުންގެ މަސައްކަތުން ހެދި ބަނދަރެކެވެ. ނަމަވެސް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހަލާކުވެގެން ދިއުމާ ގުޅިގެން ލަފާފުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top