ފިނޮޅު ރިސޯޓަށް ކުރި ދަތުރެއްގައި ސީޕްލޭނެއް އެކްސިޑެންޓު ވެއްޖެ

img-03db415fbf68a67dd148ad9198cc7dce-v.jpg

ބ. ފިނޮޅު ރިސޯޓަށް ކުރި ދަތުރެއްގައި ސީޕްލޭނެއް އެކްސިޑެންޓު ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:45 އެހާކަންހާއިރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސީޕްލޭން އެކްސިޑެންޓު ވީ ރިސޯޓެއްގެ ވޯޓާ ބަންގްލޯއެއްގައި ޖެހިގެންނެވެ.

ސީ ޕްލޭން އެކްސިޑެންޓްވީ އިރު އޭގައި ޕަސިންޖަރުން ވެސް ތިބިކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ސީޕްލޭނަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި އެކްސިޑެންޓުގެ ސަބަބުން އެ ސީ ޕްލޭނުގައި ތިބި ޕަސިންޖަރުން މިހާރު ވަނީ އެއިން ބާލައިފައެވެ.

މިހާދިސާއާއި ގުޅިގެން ޓީއެމްއޭއާއި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top