އާ އަހަރާއެކު ރިސޯޓުތަކުގެ ސާވިސްޗާޖް މައްޗަށް

77203458.jpg

ފޯސީޒަން ލަނޑާގިރާވަރު ރިސޯޓް - ފޮޓޯ : ބުކިންގ ޑޮޓްކޮމް

އާ އަހަރައެކު ރިސޯޓު ތަކުގެ ސާވިސްޗާޖް މައްޗަށް ޖެހިލައިފި އެވެ.

ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން މިޖަނަވަރީ މަހު އެންމެ ގިނަ އަދަދަކުން ސާވިސްޗާޖް ލިބިފައިވާކަމަށް ރިސޯޓް ވޯކާސް މޯލްޑިވްސް އިން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކަނީ ފޯސީޒަން ރިސޯޓެވެ. އެރިސޯޓުން މި މަހު ކޮންމެ މުވައްޒަފަކަށް 2757 ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިން ބޭބްކް ރޭޓުން ބަލާނަމަ 42513 ރުފިޔާ ލިބިފައިވެއެވެ.

ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަދަދަކުން ސާވިސްޗާޖް ލިބުނީ ސޮނެވާފުށިންނެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 1930.86 ޑޮލަރު ލިބުނެވެ. އަބަދުވެސް އެންމ ގިނައަދަދަކުން ސާވިސްޗާޖް ލިބޭ އަނަންތަރާ ރިސޯޓުން ސާވިސްޗާޖްގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 1408.72 ޑޮލަރު ނުވަތަ 21722 ރުފިޔާ އެވެ. ދިވެހި ރުފިޔާއިން ބަލާ ނަމަ އެއީ 29774 ރުފިޔާ އެވެ.

ބ.އަތޮޅުގައި 16 އަށްވުރެ ގިނަ ރިސޯޓު އޮންނަ އިރު ސާވިސްޗާޖްގެ މައުލޫމާތު ހާމަކޮށްފައިވަނީ ހަމައެކަނި މިދެންނެވި ރިސޯޓު ތަކުންނެވެ. ”ރިސޯޓް ވޯކާސް މޯލްޑިވްސް” އިން ތައްޔާރު ކުރާ މިލިސްޓަކީ ރާއްޖޭގައި އޮޕްރޭޓް ކުރާ ރިސޯޓުތަކުގެ މުވައްޒަފުން ފޮނުވާ މައުލޫމާތަށް ބަލައިގެން ތައްޔާރު ކުރާ ލިސްޓެކެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިހަ ޕަސެންޓެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top