ސުނާމީގައި ބޮޑު ގެއްލުމެއް ލިބުނު ކިހާދޫ ބަނދަރު އޮތީ އަދިވެސް އެހާލުގައި

image-0-02-06-c62d1856bcb5b1e03631b40f30d517469b03d7f881d0eba10fd27e5e9ec83133-V.jpg

2004 ސުނާމީ ކާރިސާ ގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަނދަރު ކަމުގައިވާ ކިހާދޫ ބަނދަރު އަދިވެސް އޮތީ އެހާލުގައި ކަމަށް ކިހާދު ކައުންސިލުން ބުނެފިއެވެ.

ސުނާމީއަށް 12 އަހަރު ފުރުމާއި ގުޅިގެން  ކިހާދޫ ކައުންސިލަށް ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވީ ބަނދަރު ނޫން ހުރިހާކަމެއް މިހާރު ހަމައަކަށް އެޅިފައިވާ ކަމުގައެވެ. އެހެންނަމަވެސް މުޅި ރައްޔިތުންގެ އަސާސީ ބޭނުންކަމުގައިވާ ލަފާ ފުރުމަސް ބޭނުންކުރާ ބަނދަރުގެ ހާލަތު ދުވަހުން ދުވަހަށް ހަލާކުވެ ނެތިދިއުމުގެ މަރުހަލާގައިވާ އިރު  އެކަމާ މެދު ސަރުކާރުން ކަންބޮޑުވުމެއްވެސް ނެތްކަމުގައެވެ.

“ބަނދަރު އެއޮތީ އެފުށް މިފުށަށް ޖެހިފަ. 12 އަހަރުވީއިރުވެސް އެއްވެސް ހައްލެއް ނުލިބި. “ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ސުނާމީގައި މުޅި ރަށަށް ހަތަރު ފޫޓު އުސްމިނުގެ ރާޅެއް އަރައި  ގިނަ ގޭގޭގެ ވަށާ ފާރު ވެއްޓި އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު ނަމަވެސް އެކަންކަން މިހާރުވަނީ  އަލުން މަރާމާތުކޮށް ކުރިން ހުރި ގޮތަށް އަނބުރާ އިއާދަވެފައި ކަމުގައެވެ

“ސްކޫލާ  މިސްކިތާ ރަށު އޮފިހުގެ ވަށާ ފާރު ވެއްޓުމުގެ އިތުރުން ގިނަ ގޭގޭގެ ވަށާ ފާރުވެސް ވެއްޓުނު. އެއްކޮށް ހަމަ.  އެހެންނަމަވެސް ސަރުކާރާއި ރެޑްކްރޮސްގެ އެހީގައި ފާރުތައް ރާނާ ނިމިފައި ހުރީ. އަދި ހަމައެއާއެކު އާ ހެލްތު ޕޯސްޓެއްވެސް އަޅާ ނިމިފައި ހުރީ. “

2004 ސުނާމީ ކާރިސާ ގައި ކިހާދޫގެ މީރުފެން ފެންފަށަލައަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް ކައުންސިލުން ބުނެއެވެ. ނަސީމް ވިދާޅުވީ މީރުފެން ފަށަލަ މިހާރު ބޭނުންކުރެވޭވަރު ވާ ކަމަށާ އެހެންނަމަވެސް  ހޫނު މޫސުމުގައި ސަރުކާރުން ކޮންމެ އަހަރަކުވެސް ޕްލާންޓް ފެން ފޯރުކޮށްދޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top