މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

DSCN9363.jpg

މޫސުން ގޯސް ދުވަހެއް--އީވީ ފޮޓޯ

އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.

މެޓްއޮފީހުން ވަނީ މިއަދު ހެނދުނު 6 އިން ފެށިގެން މެންދުރު 12 އާއި ހަމައަށް ށ. އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް އެލާޓް ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކުގައި ގަޑިއަކު 9 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެެވެ.

ރާއްޖޭގެ މޫސުމަށް ލަފާކުރާ ގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ދެކުނު އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ހާމަކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top