ބ.އަތޮޅުގައި ކޮވިޑް ވެކްސިން ދޭން ފަށައިފި

waheed1-2.jpg

ބ.އަތޮޅުގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ބ.އަތޮޅު ހޮސްޕިޓަލް ގައި މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބ.އަތޮޅު ހޮސްޕިޓަލުގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ސާޅީހަކަށް މުވައްޒަފަކަށް ވެކްސިން ޖަހަން ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ހާމަ ކުރިއެވެ.

އެގޮތުން އެންމެ ފުރަތަމަ ބ.އަތޮޅު ހޮސްޕިޓަލުން ކޮވިޑް ވެކްސިން ދީފައިވަނީ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ވަހީދަށެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ވެސް ކޮވިޑް 19 އަށް ދެނީ އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.

އަތޮޅުގެ އެހެން ރަށްރަށަށް ވެސް ވެކްސިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބައެއް ރަށްރަށުގައި މާދަމާ ވެކްސިން ދޭން ފަށާނެކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top