ކްލަބް އޭދަފުށން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ބޭނުންވެއްޖެ

311602178_533429182125724_2810120065193348167_n.jpg

ފޮޓޯ: ކްލަބް އޭދަފުށި

ކްލަބް އޭދަފުށިން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި މަސައްކަތް ކުރާނެ ކޯޗުން ހޯދަން އިއުލާން ކޮށްފި އެވެ.

ކްލަބް އޭދަފުށިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނަނީ އެ ކްލަބުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޕްރޮގްރާމުގައި މަސައްކަތް ކުރާނެ ކޯޗުން ބޭނުން ވާ ކަމަށެވެ. ޝަރުތަކީ ދަށްވެގެން ޑީ ލައިސަންސް ލިބިފައިވުމާއި ބޭނުންވާ ކޯޗުންގެ އަދަދަކީ 4 ކަމަށްވެސް ބުނެފައި ވެއެވެ.

ކްލަބް އޭދަފުށީން ބުނީ ކޯޗުންގެ މުސާރައިގެ ގޮތުގައި ނަގައިދޭ ކޮންމެ ސެޝަނަކަށް ކަނޑައެޅިފައިވާ ގޮތަށް އުޖޫރަ އާއި، ހަފްތާއަކު ތިން ސެޝަން އަދި ކުދިންގެ އެވޭލަބިލިޓީއަށާއި ޕްރޮގްރެސްއަށް ބަލައި އިތުރު ސެޝަންތައް ވެސް ނަގަން ޖެހިދާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top