ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމައިފި

e0086684-de29-43cf-9af9-d1e60319b64b.jpg

ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމައިފި އެވެ.

މި މަސައްކަތްކުރަން ސަރުކާރުން ހަވާލު ކުރީ އެމްޓީސީސީ އާއެވެ.

އެކުންފުނިން މިއަދު ބުނީ ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ފަރާތުން ގިރަމުން އައި ސަރަހައްދު ވަނީ ހިމާޔަތް ކުރެވިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 470 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 10،800 ކޮޑިމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 22.1 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

އާބާދީގައި 1،200 މީހުން ހިމެނޭ ދަރަވަންދޫ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލު ކުރަމުން އައިސްފައިވާ ރަށެކެވެ. ރަށް ގިރުމުގެ ސަބަބުން ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބޮޑޫ ބައެއް ގިރައިގެން ގޮސް ގޮނޑުދޮށުގައި އޮތް ރީތި ވެލިގަނޑު ވެސް ވަނީ ގިރައި ހުސްވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top