ކެންދޫ ނެރުފައިކައްޓަށް ދޯންޏެއް އަރައިފި

2237D4D6-676A-412E-A44E-0BE6373E3BA5.jpeg

މުދާ އަރުވައިގެން މާލެއިން ބ. ކެންދުއަށް ދަތުރުކުރި ދޯންޏެއް ކެންދޫ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ ފައިކައްޓަށް ދޯނި އަރައި އެދޯނި އަޑިއަށް ހިނގައްޖެ އެވެ.

ރޭ 10 ޖަހާކަށް ހައިއިރު ހިނގި މިހާދިސާ އާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ ނައިބު ރައީސް އަހުމަދު އައްޒާމް ވިދާޅުވީ، ރ.އަތޮޅު އަލިފުއްޓަށް މުދާ ހިފައިގެން ދަތުރުކުރި “އަމަން” ނަމަކަށް ކިޔާ އެދޯނި ކެންދުއަށް ވަންނަން އުޅުނީ އެރަށަށް ގެންދިއަ ބައެއް މުދަލާއި، ބިދޭސީ މަސައްކަތު މީހުން ބާލަން ކަމުގަ އެވެ.

ހިލައާއި ހިލަވެއްޔާއި ސިމެންތި ބަރުކޮށްފައިވާ އެދޯނި ކެންދޫ ޖެޓީގައި ބަނދެފައި އޮތް ކަމަށްވިޔަސް ދޯނީގެ ބަނޑުފިލާ ހަލާކުވެގެން ދިޔަވަމުން ދިއުމުގެ ސަބަބުން ދޯނީގެ އެއްފަރާތް އެއްކޮށް އޮތީ އަޑީގައެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ސިމެންތި ކަހަލަ މުދާހުރީ ހަލާކުވެފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top