”ޔާމީން ހުންނެވީ ފިސާރި ގަދަކޮށް“

219008_3_bf6cce2612916ba15dd5ecfba3811249f8f08331_large-1.jpg

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ފިސާރި ގަދަކޮށް ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ވ. އާރަށުގެ މައްސަލައިގައި އުފުލި މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން މާފުށި ޖަލަށް ވަޑައިގެން ޔާމީނާއި ބައްދަލު ކުރެއްވުމަށްފަހު، މާފުށި ޖަލުގެ ކުރިމަތީގައި ނަގާފައިވާ ފޮޓޯއާއެކު އަދުރޭ ވިދާޅުވީ ރައީސް ޔާމީނާ މިއަދު ބައްދަލުވި ކަމަށާއި ހުންނެވީ ފިސާރި ގަދަކޮށް ކަމަށެވެ.

“[އެ މަނިކުފާނު] ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެކަމަށް. އަޅުވެތިކަމަށް ބޯ ނުލަންބަވާނެ ކަމަށް އަދި މައުސޫމު ކަން ސާބިތުކޮށް ދެއްވާނެކަމަށާއި ރައްޔިތުން މާޔޫސް ނުވެ ގަދަކޮށް ތިއްބެވުމަށް ވެސް ވިދާޅުވި.” އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޖަލަށްލުމާ ގުޅިގެން އެ ކޯލިޝަނުން އަންނަނީ “ހުކުމް ހަރާން” ކަމަށް ބުނެ، ޔާމީން މިނިވަން ކުރަން ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ. އަދި ޔާމީނާ ނުލައި މި އަހަރުގެ ރިޔާސ އިންތިހާބު ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ އެ މަނިކުފާނަށް ހުކުމް ކުރީ މިދިޔަ މަހުގެ 25 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top