އޭދަފުށީގައި ކާރެއް ކޮންޓްރޯލުން ނެއްޓި މިސްކިތް ތެރެއަށް ވަދެއްޖެ

ކކަރ.jpg

ހާދިސާގައި އެކްސިޑެންޓްވެފައިވާ ކާރު --އީވީ ފޮޓޯ

އޭދަފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް އޭދަފުށީ ޔޫސުފް ކަލޭފާނު މިސްކިތުގެ ގޯތި ތެރެއަށް ވަދެއްޖެއެވެ.

މިއަދު ހެނދުނު 11 ޖަހާ އެހާކަށް ހާއިރު ހިނގި މިހާދިސާ ގައި މިސްކިތުގެ ވަށާ ފާރުން ބައެއް އެއްކޮށް ބިމާ ހަމައަށް ތިރިވެފައިވާއިރު ކާރުގެ ކުރީ ބައި ވަނީ ހަލާކުވެފައެވެ.

ހާދިސާ ހިނގި ވަގުތު ކާރުގައި ޑްރައިވަރާއެކު އިތުރު މީހަކު ވެސް އިނެވެ. އެހެންނަމެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އިވީގެ ރިޕޯޓަރ ހާދިސާ ހިނގި ތަނަށް ދިޔައިރު ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top