ތާރުއަޅަން ގެނެސްފައިހުރި މެޝިންތައް އަނބުރާ ގެންދަނީ ؟!

DSCN2645-800x488-800x488.jpg

އޭދަފުށީގެ މަގު ހެެދުމުގެ މަސައްކަތުގައި . އީވީ ފައިލް ފޮޓޯ

އޭދަފުށީގެ 17 މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށްށް ހެދުމަށް ރައީސް ޔާމީން ސަރުކާރުގައި ކުރިއަށް ގެންދިޔަ މަސައްކަތުގެ ބޮޑުބައެއް ނިމި ތާރު އަޅަން ތައްޔާރު ވެފައި ވަނިކޮށް އެމެޝިންތައް އަނބުރާ ގެންދާކަން އީވީއަށް އެނގިއްޖެއެވެ.

ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް އައި ފަހުން މި މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އެންމެ ފަހުން އެމެޝިންތަކުގެ ތެރއިން ބައެއްމެޝިން މިހާރުވެސް ގެންގޮސްފައިވާ އިރު ދެެން ހުރި މެޝިންތައްވެސް ރަށުން ބޭރުކުރުމަށް ސައިޓުން ނެރެގެން މިހާރު ވަނީ ގެންގޮސްފައެވެ.

އޭދަފުށީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ މެޝިންތައް އަނބުރާ ގެންދާކަން އެގިވަޑައިގެންފައިވާ ކަމަށާ އެއީ އެމެޝިންތައް ގެނެސްފައިވަނީ ވަކި މުއްދަތަކަށް ކުއްޔަށް ހިފައިގެން ކަމަށް ވާތީ އަދިވެސް މަސައްކަތް ފެށޭނެ ވަކި ތާރީޚެއް ނޭގޭތީ ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތަކި ސީދާ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ނުވާތީ ސާފު މައުލޫމާތު ހޯދުމަށް ސައިޓް މެނޭޖަރާ ގުޅުމަށެވެ. އެހެންނަމަވެސްސައިޓް މެނޭޖަރ އަހުމަހު ބަޝީރުއާ ގުޅުމުން އޭނާ ފޯނު ނުނަންގަވާތީ އެމައުލޫމާތު ސާފު ވާ ގޮތެއް ނުވިއެވެ.

އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް 33 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހައުސިން މިނިސްޓްރީއާއި މިހާރު އުވާލާފައިވާ އެމްއާާރްޑީސީ އާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top