ފެންޕްލާންޓުން ބޭނުންކުރާ ފެނަށް މިމަހުން ފެށިގެން ބިލްކުރާނެ

DSCN6682.jpg

ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގައި ގާއިމް ކޮށްދީފައިވާ ފެން ޕްލާންޓް --އީވީ ފޮޓޯ

ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގައި 74.3 މިލިއަން ރުފިޔާގެ ކަރަދުކޮށްގެން ގާއިމުކޮށްފައިވާ ފެން ޕްލާންޓުން ގޭގެއަށް ދޫކޮށްފައިވާ ފެނުން މިމަހުން ފެށިގެން ބިލް ކުރަން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަން/ އޭދަފުށީ އިންޖީނުގެ އިން ބުނެފިއެވެ.

ފެންޕްލާންޓް ބަލަހައްޓަނީ އޭދަފުށީ އިންޖީނުގެއިންނެވެ.

އޭދަފުށީ އިންޖީނުގެ އިން ބުނީ ފެން މީޓަރު ހަރުކޮށްފައިވާ އިމާރާތްތަކުގެ ތެރެއިން އިންޖީނުގޭގައި ރަޖިސްޓްރީ ނުކޮށްހުރި ތަންތަނަށް ފެނުގެ ހިދުމަތް ލިބޭނީ ރަޖިސްޓްރީކޮށްގެންކަމަށް ވާތީ، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރަން ޖެހެ ކަމަށެވެ.

ފެނަށް އަގު ނަގަން ހަމަޖެހިފައިވާ ގޮތް (މީހުން ދިރިއުޅޭ ތަންތަން)

  • ދުވާލަކަށް 100-0 ފެން ލީޓަރުގެ މަގުން ޓަނަކަށް (30 ދުވަހަށް) 22ރ.
  • ދުވާލަކަށް 101-200 ފެން ލީޓަރުގެ މަގުން ޓަނަކަށް (30 ދުވަހަށް) 70ރ.
  • ފެން މީޓަރުތަކުން ބޭނުންކުރާ 201 ފެން ލީޓަކަށްވުރެ މަތިން ޓަނަކަށް 95ރ.
  • ފެން ވިއްކާ ފެން އިސްކުރުން ފެން ވިއްކާ އަގު ލިޓަރަކަށް 10ރ.

 ވިޔަފާރިކުރާތަންތަނާއި ސަރުކާރު ތަންތަނުން

  • ދުވާލަކަށް 100-0 ފެން ލީޓަރުގެ މަގުން ޓަނަކަށް (30 ދުވަހަށް)  100ރ.
  • ދުވާލަކަށް 101-200 ފެން ލީޓަރުގެ މަގުން ޓަނަކަށް (30 ދުވަހަށް) 125ރ.
  • ފެން މީޓަރުތަކުން ބޭނުންކުރާ 201 ފެން ލީޓަކަށްވުރެ މަތިން ޓަނަކަށް 135ރ.
  • ފެން ވިއްކާ ފެން އިސްކުރުން ފެން ވިއްކާ އަގު: ލީޓަރަކަށް 10ރ.

މީގެ އިތުރުން ފެނުގެ ކަނެކްޝަން ފީގެ ގޮތުގައި ކޮންމެ މަހަކު މީޓަރަކަށް 30ރ ނަގާނެ އެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީގައި ވަނީ 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާފަ އެވެ.

އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މިރަށުން ފެނުގެ ޚިދުމަތަށް ރަޖިސްޓްރީވެފައިވާ 500 އަށްވުރެ ގިނަ ގޭބީސީތަކަށް ވަނީ ހިލޭ ކަނެކްޝަން ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top