ގޫގުލްއިން ތަރައްގީ ކުރަމުން އަންނަ އައު މެޝިން ޓްރާންސްލޭޝަން (އެމްޓީ) މޮޑެލްއަކާ އެކު ދިވެހި ބަސް އެ ކުންފުނީގެ “ޓްރާންސްލޭޓް” އެޕަށް އިތުރުކޮށްފިއެވެ.
ގިނަ ބަސްތަކެއް ތަރުޖަމާ ކުރުމުގެ ގާބިލުކަން ލިބިފައިވާ “ޓްރާންސްލޭޓް” އެޕަށް ދިވެހި ބަހާއެކު އިތުރު 24 ބަހެއް އިތުރުކުރިކަން އިއްޔެ އެ ކުންފުނިން ބޭއްވި ޑިވެލޮޕާސް ކޮންފަރެންސްގައި ވަނީ އިއުލާނުކޮށްފައެވެ.
އަލަށް އިތުރު ކުރި ބަސްތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއްބަހަކީ “ބޮޖްޕޫރީ” ބަހެވެ. އެއީ އިންޑިއާގެ އުތުރާއި، ނޭޕާލް އަދި ފިޖީގެ ގިނަ ބަޔަކު ވާހަކަދައްކާ ބަހެކެވެ. އެބަހުން ވާހަކަދައްކާ 51 މިލިއަން މީހުން އުޅޭކަމަށް ވެއެވެ.
ގޫގްލް އިން އަލަށް އިތުރުކުރި ބަސްތަކާއިއެކު ގޫގްލް މެދުވެރިކޮށް ތަރުޖަމާ ކުރެވޭ ބަސްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 133 އަށް އަރާފައެވެ.
މީގެ ކުރިން މައިކްރޯސޮފްޓްގެ ބިންގް ޓްރާންސްލޭޓާ އިންވެސް ވަނީ ދިވެހި ބަސް ތަރުޖަމާ ކުރެވޭނެހެން ހަދާފައެވެ.