އޭދަފުށީގެ 650 ގެއަށް މާދަމާ ލެޑްލައިޓް ދޫކުރަނީ

ghdsf.jpg

ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ ލެޑްލައިޓް އޭދަފުށިގެ ގޭގެއަށް ބެހުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް އޭދަފުށީ އިންޖީނުގެއިން ބުނެފިއެވެ.

އޭދަފުށި އިންޖީނުގެއިން ބުނީ “ފަހިއަލި” ނަމުގައި އެންވަޔަރންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ ލެޑް ލައިޓް ބެހުމުގެ ތިންވަނަ މަޝްރޫއުދަށުން ކުރިޔަށް ގެންދެވޭ މިހަރަކާތުގައި އޭދަފުށިގެ 650 އަށްވުރެ ގިނަ ގޭބިސީއަށް ލެޑްލައިޓް ދޫކުރެވޭނެކަމަށެވެ. އެގޮތުން ކޮންމެ ޑޮމެސްޓިކް މީޓަރަކަށް ފަސް ލެޑްލައިޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އޭދަފުށީ އިންޖީނުގެއިން ބުނެއެވެ.

ފެނަކަ ބ. ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް ވިދާޅުވީ މާދަމާ އޭދަފުށިގެ ހުރިހާ ގެއަކަށް ލެޑްލައިޓް ބަހަން ހަމަޖެހިފައިވާއިރު، އަތޮޅުގެ ހުރިހާ ރަށަކަށްވެސް މިހާރު ލެޑްލައިޓް ފޮނުވުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަމަށެވެ. އޭނާ ވިދާޅުވީ މި ނޮވެމްބަރމަސް ނިމުމުގެ ކުރިން ބ. އަތޮޅުގެ ޑޮމެސްޓިކް ކޮންމެ މީޓަރަކަށް 5 ލެޑްލައިޓް ދޫކުރެވޭނެކަމަށެވެ.

އެންވަޔަރންމަންޓް މިނިސްޓްރީން ކުރިން ބުނެފައިވަނީ މިއީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަރަންޓު ބިލު ކުޑަކުރުމަށް މަގުފަހިކުރުމުގެ ވަޢުދު ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން “ފަހިއަލި” ނަމުގައި ކުރިޔަށްގެންދާ ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top