އޭލެވެލް އިމްތިހާނު ފަށައިފި

DSCN1098.jpg

އޭލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

މިއަދު ފަށާފައިވަނީ ދިވެހި، އިސްލާމުގެ އިމްތިހާނެވެ. އެޑްއެކްސެލްގެ އޭލެވެލް އިމްތިހާނުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

މަތީ ސާނަވީ އިމްތިހާނުތައް ފަށައިގެން ކުރިޔަށްދާއިރު މުޅި ރާއްޖޭގައި 40 ސުކޫލެއްގައި އިމްތިހާނުތައް ކުރިޔަށްދެއެވެ. އޭގެ ތެރެއިން 36 ސެންޓަރެއް ރާއްޖެތެރޭގައި ހުންނައިރު މާލޭގައި ހުންނާނީ ހަތަރު ސެންޓަރެއް ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުންޏެވެ. އަދި، އެޗްއެސްސީ އިމްތިހާނު 1299 ދަރިވަރުން ހަދާއިރު މިފަހަރު ޖުމުލަ 2785 ދަރިވަރަކު އެޑެކްސެލް އިމްތިހާނު ހަދާކަމަށް ޑީޕީއީ އިން ބުންޏެވެ.

އޭލެވެލްގެ އިމްތިހާނު ފަށާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެޑެކްސަލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި އަންނަ އަހަރު ކޭމްބްރިޖް އިންޓަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ނިންމާފައެވެ.

އެކަމަކު މި އަހަރު އޭލެވެލް ފަށާ ކުދިން ހަދާނީ އެޑެކްސެލް އިމްތިހާނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top