މެއްސާއި މަދިރި އަދި ކުރެފިން ސަލާމަތްވެވޭނީ ކިހިނެއް؟

F30PE5EH4VQL0IM.RECT2100.jpg

ގޭތެރޭގައި އުޅޭއިރު ކުއްލިއަކަށް މޫޑް ސަކަރާތްވާ އެންމެ ބޮޑު އެއްސަބަބު އެނގޭ ހެއްޔެވެ.  މެހި ނުވަތަ މަދިރީގެ އުނދަގޫ ޖެހުމެވެ. ހަމައެގޮތަށް ގޭތެރޭގައި ކުރެފި އުޅުމަކީވެސް މި މާހައުލުގައި ތަހައްމަލު ކުރަން ޖެހިފައިވާ އުނދަގޫ ކަމެކެވެ. ބާޒާރުން ބޮޑު އަގު ދީފައި ގަނެފައި ހުންނަ ސްޕްރޭ ފުޅިން ގޭތެރެއަށް ސްޕްރޭ ކޮށްލުމަކީ ފަސޭހަ ކަމަކަށް ވިޔަސް މީގެ ސަބަބުން ގެއާއި ގޯތި ތެރޭގައި ދިރިއުޅޭ އިންސާނުން ފިޔަވައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަށް ވެސް ގެއްލުން ލިބެއެވެ.

މިބާވަތުގެ ސޫފިން ސަލާމްތަވެ ގޭތެރޭގައި އުޅެވޭނެ ފަސޭހަ އަދި ޚަރަދު ކުޑަގޮތެއް ކަމާބެހޭ މާހިރުން ހޯދައިފިއެވެ.  ސިއްހަތަށް އެއްވެސް ގެއްލުމެއް ނުލިބޭ އަދި ކުޑަކުޑަ ޚަރަދަކުން ގޭގައި ތައްޔާރު ކޮށްލެވޭ މި ސްޕްރޭއިން ގޭތެރޭގައި އުޅޭ މިސޫފި ތަކުގެ އުނދަގުލުން ސަލާމަތް ވެވިދާނެއެވެ.

ސްޕްރޭ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި

ބައިޖޯޑު ވިނިގަރ

ބައިޖޯޑު ޒައިތޫނި ތެޔޮ

ބައިޖޯޑު ޝޭމްޕޫ (އެމީހަކަށް ކމުދާ ވައްތަރެއްގެ )

ތައްޔާރު ކުރާނޭ ގޮތް

ސްޕްރޭ ކުރެވޭ ފުޅިއަކަށް މި ތިން ބާވަތް އަޅައިގެން  ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން އެހެރީ ހިތް ސްޕްރޭ އާއި ޝެލްޓޮކްސް އަށް ވުރެ މާ އިފެކްޓިވް ސްޕްރޭ އެއް ތައްޔާރު ކުރެވިފައެވެ. އަވަހަށް ގޯތިތެރެއާއި ގޭތެރެއަށް ސްޕްރޭ ކުރައްވާށެވެ. މިފަދަ ސޫފިން ސަލާމަތް ވުމަށް ނަގާނީ އެންމެ ދެގަޑިއިރެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top