ޑރ.ޒިޔާދުގެ ނަސޭހަތް : މުއުމިނުންނަށް އުނދަގޫކުރުމުގެ ނުބައިކަން

WhatsApp-Image-2018-08-08-at-3.49.02-PM-1.jpeg

عَنْ أَبِيْ هُرَيْرةَ رَضِي اللهُ عَنْهُ قَالَ:  قَالَ رَسُوْلُ اللهِ ﷺ: (إِنَّ اللهَ تَعَالَى قَالَ: مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ وَمَا تَقَرَّبَ إِلَيَّ عَبْدِيْ بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُهُ عَلَيْهِ، وَلَا يَزَالُ عَبْدِيْ يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَلَئِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنِ اسْتَعَاذَنِي لَأُعِيْذَنَّهُ). رواه البخاريُّ.

މާނައީ: މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެ ކިބައިން ރިވާވެގެން ވެއެވެ.އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން މާތްﷲ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ މަތިވެރި ކުރެއްވިމީހަކަށް (އެބަހީ: ކިޔަމަންތެރި މުއުމިނަކަށް) އުނދަގޫ ކޮށްފި މީހަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ހުއްދަ ދެއްވާހުށީމެވެ. އެއަޅަކަށް ތިމަންރަސްކަލާނގެ ފަރުޟު ކުރެއްވި ކަމަކަށްވުރެ ތިމަންރަސްކަލާނގެ ލޯބިވެވޮޑިގެންވާ ކަމަކައިގެން ތިމަންރަސްކަލާނގެ އާ ކުއްތަންނުވެއެވެ. އިތުރު ސުންނަތް ކަންތައްތައް ކޮށް ތިމަންރަސްކަލާނގެ ރުހިވޮޑިގަތުން އަދައިގެން ތިމަންރަސްކަލާނގެއާ ކުއްތަންވުމުގައި ދެމިހުރެއެވެ. އޭނާއަށް ތިމަންރަސްކަލާނގެ ރުހިވޮޑިގެންފުމަށް ދާނދެންނެވެ. އެމީހަކަށް ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފިއްޔާ އޭނާގެ ކަންފަތުގެ އިވުން ކަމުގައްޔާއި އަދި އެއަޅާ ތަންތަންބަލާ ލޯކަމުގައްޔާއި އަދި އޭނާ ތަކެތި ހިފާ އަތްކަމުގައްޔާއި  އަތްކަމުގައްޔާއި އަދި އޭނާ ހިނގާ އުޅޭ ފައިކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. (އެބަހީ: އޭނާ އަޑުއަހާނީ، ބަލާނީ، ހިފާނީ، ހިނގާނީ ތިމަންރަސްކާނގެ ރޮހިވޮޑިގަންނަވާ ގޮތަށެވެ.) އަދި އޭނާ ކަމަކަށް އެދި ތިމަންރަސްކަލާނގެއަށް ދަންނަވައިފިނަމަ އެކަމެއް އޭނާއަށް ދެއްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތުން ސަލާމަތް އެދިއްޖިއްޔާ އޭނާއަށް ސަލާމަތްކަން ދެއްވާހުށީމެވެ.”

ޙަދީޘުންލިބިގަންނަވިފިލާވަޅު

  • ހެޔޮލަފާ މުސްލިމުން ﷲގެ ޙަޟްރަތުގައި މާތް ކަންބޮޑު
  • ހެޔޮލަފާ މުސްލިމުންނަށް އުދަގޫކުރުުގެ ނުބައިކަން
  • މާތް ﷲ ފަރްޟު ކުރައްވާފައިވާ އަޅުކަންތަކަށް ރައްކާތެރިވުމުގެ މުހިންމުކަން
  • ސުންނަތް ކަންތަށް ކުރުމަށް އަހަންމިޔަތުކަން ދިނުން
  • ފުރިހަމަ ހާލުގަ ހުންނަދުވަސް ތަކުގަވެސް ﷲ ހަދުމަކުރުން
  • ﷲ ހަދުމަކުރުމުގެ މުހިންމުކަން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top