”އޭލެވެލް އިމްތިހާނުންވެސް ދަރިވަރުންވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައި“

މިދިޔަ އަހަރުގެ އެލެވެލް އިމްތިހާނުންވެސް ބ. އަތޮޅުތައުލީމީ މަރުކަޒުގެ ދަރިވަރުންވަނީ ސްކޫލް ފަހުރުވެރިވާފަދަ ކާމިޔާބީ ތަކަކާއި ކުރީ އަހަރަށްވުރެ ރަނގަޅު ނަތިޖާ ތަކެއް ހޯދާފައިކަމަށް ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ.

އެގޮތުން ގަދަ 10 ގައި ސްކޫލްގެ 7 ދަރިވަރުން ހިމެނިފައިވާއިރު ވަކިވަކި މާއްދާތަކުން ވެސް ދަރިވަރުން ވަނީ ކުރީ އަހަރަށްވުރެ ރަނގަޅު ނަތީޖާ ތަކެއް ހޯދާފައެވެ.

ދަރިވަރުންގެ ފާހަގަ ކުރެވޭ ނަތީޖާތަކުގެ އުސްއަލިތަކަށް ބަލާއިރު، ބިޒްނަސް ސްޓްރީމްގައި ހިމެނޭ، އެކައުންޓިން, އިކޮނޮމިކްސް އަދި ބިޒްނަސް ސްޓަޑީޑް މާއްދާގައި އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ ފާސްވެފަ އެވެ.

ސައިންސް ސްޓްރީމުން އެންމެ ގިނަ ދަރިވަރުން ފާސްވެފައިވަނީ ބަޔޮލޮޖީ އިންނެވެ. އެގޮތުން އެ މާއްދާއިން 100 ޕަސެންޓް، ކެމިސްޓްރީ އިން 90 ޕަސެންޓް، އަދި ފިޒިކްސް އިން 78 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފަ އެވެ. ދިވެހި، އިސްލާމް އަދި ހިސާބު މާއްދާއިން ފާސްވި ދަރިވަރުންގެ އެވަރެޖް އުޅޭނީ 93 ޕަސެންޓުގައެވެ.

އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި  އާއިޝަތު ޝައުޒާ އިސްމާއިލް ވަނީ އޭނާ ބައިވެރިވި ފަސް މާއްދާގެ ތެރެއިން ދެ އޭ ސްޓާ އާއި ދެ އޭ އަދި ބީ އެއް ހޯދާފައެވެ.

ފާހަގަ ކޮށްލެވޭ އަނެއް ދެ ދަރިވަރުންނަނޚި ރަފާހާ މުހައްމަދާއި ފާތުމަތު ރަފާ އެވެ.  މި ދެކުން ބައިވެރިވި ފަސް މާއްދާގެ ތެރެއިން އެއް މާއްދާއިން އޭ ސްޓާ، ތިން މާއްދާ އިން އޭ، އަދި ބީ އެއް ހޯދާފައިވެއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި 753 ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ގެންދެ އެވެ.

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު