ނޫސްވެރިކަން ކުރާހިތް ވޭތަ. މިއޮތީ ހިލޭލިބޭ ފުރުސަތު

photo-1503428593586-e225b39bddfe-850x548-1.webp

ނޫސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް ޚާއްސަކޮށްގެން އޮންލައިން ނޫސް, “މި”އިން އިންތިޒާމުކޮށްގެން ނޫސްވެރިކަމުގެ އަސާސީ ތަމްރީނުތަކުގެ ވޯކްޝޮޕެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

ރަނގަޅު ފެންވަރުގެ ނޫސްވެރިން އުފެއްދުމަށް ހިލޭ ކުރިޔަށް ގެންދާ މި ވޯކްޝޮޕްގައި ކިޔަވައިދޭނީ ނޫސްވެރިކަމުގައި ގިނަ އަހަރު ދުވަހު ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ.

ވޯކްޝޮޕް ކުރިޔަށްދާނީ މިމަހުގެ 10 އިން ފެށިގެން 24 ވަނަ ދުވަހާ ހަމައަށް, ކޮންމެ ރެޔަކު 20:30 އިން ފެށިގެން 22:00އާ ހަމައަށެވެ. މި ވޯކްޝޮޕް އޮންނަނީ “މި”ނޫހުގެ މާލޭގެ އިދާރާގައެވެ.

ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން އައިޑީ ކާޑާއި, ސީވީއަކާއެކު, [email protected] އަށް މެެއިލްކޮށްލުމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން އެދެއެވެ. ނުވަތަ 7399333 ނަމްބަރަށާއި 7796615 އަށް ގުޅައިގެން ވެސް ކޯހުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮގްރާމްގައި ރަޖިސްޓަރީކޮށް ދޭނީ ފުރަތަމަ ގުޅާ ފަރާތްތަކަށް އިސްކަން ދޭނެއެވެ. ވޯކްޝޮޕް ކުރިޔަށް ދާނީ 20 ބައިވެރިންނާއެކުގައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެ އެންމަ މަތީން މާކްސް ހޯދާ ފަސް ދަރިވަރަކަށް “މި” ނޫހުގައި މަސައްކަތް ކުރާނެ ފުރުސަތުގެ ދިނުމުގެ އިތުރުން އެހެން ނޫސްތަކުގައި މަސައްކަތް ކުރަން ފުރުސަތު ހޯދައިދޭން މަސައްކަތްކޮށްދޭނެ ކަމަށް “މި”ނޫހުން މައުލޫމާތު ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top