ދެމަހަށް ފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް

crude-oil-extraction1520086419688_aspR_1.779_w530_h298_e400.jpg

ދެ މަސްދުވަހަށް ފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިއްޔެ ދުނިޔޭގެ ބާޒާރުގައި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން ދަށަށް ވެއްޓިފައި ވާއިރު މި އަގުގައި އެންމެ ފަހުން ތެޔޮ ލިބުނީ މީގެ މިދިޔަ ދެ މަސް ދުވަހު ކުރިންނެވެ.

ގްލޯބަލް ބެންޗްމާކް ބްރެންޓް ކްރޫޑްގެ އަގު 102.77 ޑޮލަރަށް ހުރިއިރު، ފީފާއެއްގެ އަގު ވަނީ 10.73 ޑޮލަރު ނުވަތަ 9.5 ޕަސެންޓަށް ވެއްޓިފައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ކްރޫޑްގެ އަގު 8.2 ޕަސެންޓަށް ނުވަތަ 8.93 ޑޮލަރަށް ދަށްވެ، ފީފާއެއްގެ އަގު ވަނީ 99.50 ޑޮލަރަށް ދަށްވެފައެވެ.

އަންގާރަ ދުވަހު ދުނިޔޭގެ ބާޒާރުގައި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން ދަށަށް ވެއްޓިފައި ވާއިރު މި އަގުގައި އެންމެ ފަހުން ތެޔޮ ލިބުނީ މީގެ މިދިޔަ ދެ މަސް ދުވަހު ކުރިންނެވެ.

ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔު.ޓީ.އައި) ކްރޫޑްގެ އަގު އަންގާރަ ދުވަހު ވަނީ 10 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސް، ފީފާއެއްގެ އަގު 97.43 ޑޮލަރަށް ވެއްޓިފަ އެވެ. އެކަމަކު ދުވަހުގެ ވިޔަފާރި ނިމުނު އިރު ހުރީ 99.50 ޑޮލަރުގަ އެވެ. މިއީ 8 ޕަސެންޓުގެ ދަށް އަގެކެވެ.

ތެލުގެ އަގު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ އެމެރިކާގެ އިގްތިސާދީ މައްސަލަތަކެވެ. އެމެރިކާގެ އިގްތިސާދު ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ ބިރާ އެކު އެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. މީގެ އިތުރުން އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އިން ތެޔޮ އުފައްދާ މިންވަރު މިދިޔަ މަހު ވަނީ ދުވާލަކު 100،000 ފީފާ މަދުވެފަ އެވެ. އޯޕެކުން ކުރިން ބުނެފައިވަނީ ދުވާލަކު 28.52 މިލިއަން ފީފާ އުފައްދާނެ ކަމަށެވެ. އެހެންވެ ސަޕްލައިއާ މެދު އޮތް ކަންބޮޑުވުމަކީ ވެސް އަގު ވެއްޓެން ދިމާވި އެއް ސަބަބެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top