ފެނަކަ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްފި

023403-photo-2021-11-24-18-23-23.jpg

ފެނަކައިގެ މުވައްޒަފުން ޖަނަރޭޓަރެއް އެސެމްބްލްކުރުމުގެ މަަސައްކަތުގައި (ފޮޓޯ/ފެނަކަ)

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ އަމުރު ފެނަކައިން ތަންފީޒުކޮށް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި އެވެ.

ފެނަކައިން ބުނީ، ޖެނުއަރީ މަހުގެ މުސާރަ، އެކުންފުނީގެ 3،346 މުވައްޒަފަކަށް ލިބިގެންދިޔައީ މިނިމަމް ވޭޖް އާ އެއްގޮތަށް ކަމަށާއި އެހެންކަމުން ރާއްޖޭގެ އެކި ރަށްރަށުގައި ފެނަކައިގެ ވަޒީފާގައި އުޅޭ ހަތަރުހާހެއްހައި މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިފައިވާނެ ކަމަށެވެ.

ފެނަކައިން ބުނީ މިނިމަމް ވޭޖު ކަނޑައެޅުމުގެ ކުރިން އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް 5،590ރ. ލިބުނު ނަމަވެސް މިނިމަމް ވޭޖާއެކު ބައެއް މުވައްޒަފުންގެ މުސާރަ 9،222ރ. އަށް ބޮޑުކޮށްފައިވާ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ މިނިމަމް ވޭޖް ބޯޑުގެ ލަފަޔާއެކު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ނަމަވެސް ބޯޑުން ދިން ލަފަޔާއި ހިލާފަށް ޕްރައިވެޓް ސެކްޓަރުގެ ދެ ފަންތިއެއްގެ މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށެވެ.

އެގޮތުން މިނިމަމް ވޭޖްގައިވާ ގޮތުން ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ދެވޭނެ އެންމެ ކުޑަ އަދަދަކީ މަހަކަށް 4،500 ރުފިޔާ އެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހަކަށް 8،000 ރުފިޔާ އެވެ. ދައުލަތުގެ މުވައްޒަފެއްނަމަ މަހަކު 7،000 ރުފިޔާ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top