ބޫސްޓާ ޖެހުމުން ކޮންޓެކްޓުން ކަރަންޓީނު ވާކަށް ނުޖެހޭނެ!

big_8Mua7HDiu05WvNbl94eo44lk4.jpg

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން އުސޫލަށް ބަދަލު ގެނެސްފި އެވެ.

މިައަދު އާއްމު ކުރި އާއުސޫލުގައިވާ ގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރި މީހުންގެ ގޮތުގައި މިހާރު ބަލާނީ، ވެކްސިންގެ ބޫސްޓާ ޑޯޒްވެސް ފުރިހަމަ ކޮށްފައިވުން، ނުވަތަ ދެ ވަނަ ޑޯޒް ޖެހިތާ ހަ މަސް ދުވަސް ނުވާނަމަ އެވެ. އަދި ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައިވާ ފަރާތަކީ، ބަލި ޖެހިފައިވާ މީހެއްގެ “ކްލޯސް ކޮންޓެކްޓެއް” ކަމަށް ވިނަމަވެސް ޕީސީއާރު ނުވަތަ އެންޓިޖެން ޓެސްޓެއް ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ.

މީގެ އިތުރުން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ޕޮޒިޓިވްވި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން ފަސް ދުވަސް ވުމުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

އެންޓިޖަން ސެލްފްކިޓް ބޭނުންކޮށްގެން ގޭގައި ކޮވިޑަށް ޓެސްޓް ކުރެވޭނީ ބަލީގެ އަލާމާތްތައް ހުރި މީހުން އެކަނި ކަމަށާއި، މި ޓެސްޓުން ޕޮޒިޓިވްވާ މީހުން ވެސް އަމަލުކުރަން ޖެހޭނީ އާ ގަވާއިދުގައި އޮތް ގޮތަށް ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top