ކޮވިޑް-19: މިސްކިތް ތަކުގައި ހުންނަ މުސްހަފްތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފި

DSCN7793.jpg

ކޮވިޑް-19 ގެ ވަބާ އަނެއްކާވެސް ހަލުވިމިނުގައި ފެތުރެމުން ދާ މިދުވަސްވަރު މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ މުސްހަފްތަކުގެ ބޭނުން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

ކޮވިޑް-19ގެ މި ދަނޑިވަޅުގައި މިސްކިތްތަކަށް ވަޑައިގަންނަވާ ބޭފުޅުން އަމަލު ކުރަންވީ ގޮތް ހާމަ ކޮށް އެ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި މިސްކިތްތަކަށް ދާ ފަރާތްތަކަށް ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ވަނީ ފާހަގަ ކުރައްވާފައެވެ.

މިސްކިތަށް ދާން ވާނީ ގެއިން ވުޟޫ ކޮށްގެން ކަމަށާއި މުސައްލަ ގެންދާ ފަރާތްތަކުން ނަމާދު ކުރަން ޖެހޭނީ އެމީހެއްގެ މުސައްލަ މަތީގައި ކަމަށާ މާސްކު އެޅުމާއި މިސްކިތަށް ވަނުމާ ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.

އަދި މިސްކިތުގައި ބެހެއްޓިފައި ހުންނަ މުސްހަފް ތައް ބޭނުން ނުކުރުމާއި މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ދިއުމާއި، ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި، ރޯގާ ޖެހިފައިވާ މީހުންނާއި، ހުން އައިސްފައިވާ މީހުންނާއި، ކެއްސާ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުން، ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުން، މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތްޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަމުން ދުރުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައް ބަރާބަރަށް އަދާ ކުރުމަށާއި ޤުރުއާން ކިޔަވައި ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފައި ފުރިހަމައަށް ﷲ ވަކީލުކޮށް ގިނަގިނައިން ދުއާކޮށް އަސްތަޣުފާރު ކުރުން މަތީ ދެމި ތިބުމަށް ހުރިހާ ރައްޔިތުންނަށް ވެސް ނަސޭހަތްތެރިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top