އަމިއްލަފުށި ރިސޯޓުގައި ފަތުރުވެރިންނަށް ވަކިން ކަރަންޓީނުވެގެން ތިބުމުގެ ފުރުސަތު.

1503133458509922315Amilla-Fushi4.jpg

އަމިއްލަފުށި ރިސޯޓް - ފޮޓޯ : އެމްވީ ހޮޓެލްސް ޓްރެވަލް ގައިޑް

ބ. ފިނޮޅޮހުގައި ހިންގާ އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސްގެ ފަރާތުން ފަތުރުވެެރިންނަށް ވަކި ރަށެއްގައި އެކަނި ކަރަންޓީން ވެގެން ތިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަމިއްލަ މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި މި ފުރުސަތުގެ ދަށުން ގިނަވެގެން 100 މީހުންނަށް އެއް ހަފްތާ ވަންދެން އެ ރިސޯޓް، ޕްރައިވެޓް އައިލެންޑެއް ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ފުރުސަތުލިބޭއިރު އެކަމުގެ ބޭނުން ހިފާ ފަރާތްތަކަށް ތަފާތު ގިނަ ވަސީލަތްތަކާއި ޚިދުމަތްތައްވެސް ލިބިގެންދާނެއެވެ.

އެގޮތުން ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި މި ރިސޯޓްގައި ތިބެން ބުކްކުރާ ފަރާތްތަކަށް އެ ރިސޯޓްގެ 12 ހެކްޓަރުގެ ބޮޑު ރަށުގައި އުޅެ، އެތަނުގެ ވަސީލަތްތައް ބޭނުންކުރެވޭއިރު މީގެ ތެރޭގައި ލަގްޒަރީ ފެންވަރުގެ ވިލާތަކާއި، ބޮޑެތި ސްވިމިންގ ޕޫލްތަކާއި ހިތްގައިމު ގޮނޑުދޮށުގެ ސަރަހައްދުތައް ހިމެނެއެވެ. ފަތުރުވެރިން ތިބޭ ވިލާތަކަށް ސްވިމިންގ ޕޫލްތަކަށް ތާޒާ ކާނާ ފޯރުކޮށްދެވޭނެއިރު، އެ ރިސޯޓްގެ މިސްޓިކް ގާޑެންއިން ބިންނަ ފަތްތަކުން ހަދާ ރަހަމީރު ސެލެޑްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ފަތުރުވެރިންނަށް ލިބިގެންދާނެއެވެ.

އަމިއްލަ މޯލްޑިވްސްއިން ބުނިގޮތުގައި އެ ރިސޯޓް ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތަކީ މި ބަލިމަޑުކަމުގެ ތެރެއިން މީހުންނާއި ދުރުގައި ތިބެ ރައްކާތެރިކަމާއި ސާފުތާހިރުކަމާއި އެކު ޗުއްޓީ ހޭދަކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެ ރިސޯޓުން ބުނިގޮތުގައި އެ ރަށުން މިހާތަނަށް އެއްވެސް ކޮވިޑް-19 ގެ ކޭހެއް ފެނިފައި ނުވާއިރު، ރަށުގެ ހުރިހާ ރަށްވެހިންގެ ސަލާމަތަށް ވަނީ ގިނަ ފިޔަވަޅުތަކެއް އެޅިފައެވެ.

އަދި މިއީ އެކުގައި ކަރަންޓީންވާން ބޭނުންވާ ކުދި ގްރޫޕްތަކަށާއި ވަކިން ކަރަންޓީންވާން ބޭނުންވާ ކަޕަލްތަކަށްވެސް އޮތް ހިތްގައިމު ފުރުސަތެއްކަމަށް އެ ރިސޯޓުން ފާހަގަ ކުރިއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top