ދެ ޑޯޒް ހަމަކުރި ބެލެނިވެރިންނަށް ”ގްރީންކާޑު“ ދޫކުރަން ފަށައިފި

B6709D02-13D2-4C10-9DB6-4EB9ED835BAE-850x548.jpeg

ވެކްސިން ދެޑޯޒް ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަން ނިންމާފައިވާ ”ގްރީންކާޑު“ ސުކޫލްތަކުން ދޫކުރަން ފަށައިފިއެވެ.

ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ސުކޫލުތަކަށް ނުވަދެވޭ ގޮތަށް ނިންމާފައިވާކަމަށް އެމިނިސްޓްރީން ދިރާސީ އައު އަހަރަށް ވަމުންދާ ތައްޔާރީތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަ ކޮށްފަ އެވެ.

މިކާޑަކީ ބެލެނިވެރިން ވެކްސިން ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުމުގެ ގޮތުން ދޫކުރާ ކާޑެއް ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ސުލޫލްތަކުން މި ކާޑު ދޫކުރަން ފަށާފައިވާ އިރު ބ.އަތޮޅު ތައުލީމީ މަރުކަޒުން ވެސް މިހާރު އަންނަނީ ”ގްރީންކާޑު“ ދޫކުރަން ތައްޔާރުވަމުންނެވެ. މާދަމާ މިކަން ފެށޭނެކަމަށް ސްކޫލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top