ވެކްސިން ނުޖަހާ މީހުން ދަތުރު ކުރުމަށް ޖާގަ ނުދޭން އަންގައިފި

IMG_20210218_164116471.jpg

އޭދަފުށި ބަނދަރުމަތި

ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައި ނުވާ މީހުންނަށް އަންނަ މަހުގެ އެކަކުން ފެށިގެން އެއްގަމާއި ކަނޑު ދަތުރުތަކުގައިވެސް ޖާގަ ނުދޭން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

އެމިނިސްޓްރީން މިކަމާއި ގުޅިގެން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އަންނަ ބުދަ ދުވަހުން ފެށިގެން ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރަންވާނެއެވެ. މިއާއެކު ޚިދުމަތް ދޭން ވާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ދަށުންނެވެ.

މިއީ، ދެ ޑޯޒު ވެކްސިން ފުރިހަމަކުރަން ބާރު އެޅުމުގެ ގޮތުން ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ.

މި ބަދަލާއެކު ވައިގެ ދަތުރުތަކާއި، ކަނޑުދަތުރުތަކުގެ އިތުރުން ޓެކްސީގެ ހިދުމަތް ދިނުމުގައިވެސް ވެކްސިން ޖަހާފައިވާ ފަރާތެއް ކަން ކަށަވަރުކުރަން ޖެހޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން ވެކްސިން ޖެހުމަށް ޝަރުތުހަމަނުވާ ފަރާތްތައް މި ގަވައިދުގެ ދަށުން އިސްތިސްނާވާނެ އެވެ. އެފަދަ މީހުންނަށް ކުރިއެކޭ އެއްގޮތަށް ދަތުރުފަތުރު ކުރުމުގައި ހުރަހެއް ނޯންނާނެއެވެ.

ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ދާއިރާތަކުން އާ ގަވާއިދު ތައް އަންނަނީ ހަދަމުންނެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ޖަހާފައިނުވާ ސަރުކާރު މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު އެވެ. އަދި ކޮންމެ ދެ ހަފްތާއަކުން ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހޭނެ އެވެ.

ވެކްސިން ނުޖަހާ މީހުންނަށް އަންނަ މަހުގެ އެކަކުން ފެށިގެން ކެފޭތަކާއި ހޮޓާ އަދި ރެސްޓޯރަންޓު ތަކުން ޚިދުމަތް ނުލިބުމާއި ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކަށް ވެސް ނުވަދެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top