އިންޑިއާ މީހަކު ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެން ކުއްޖަކު ރޭޕްކޮށްފި

marco-island-marriott-beach-resort-golf-club-spa-marco-is-florida-103668-1.jpg

ފޮޓޯ:ސީއެން ޓްރެވަލާ .ކޮމް

އިންޑިއާ މީހަކު ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.

އޮންލައިން ނޫސް ”ފެށުން” ގައި މި ޚަބަރު ގެނެސް ދެމުން ބުނެފައިވަނީ މާލެއަށް ނިސްބަތްވާ 19 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ރޭޕްކޮށްފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޖޭ.ޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓްގައި ކަމަށެވެ.

މި އަންހެން ކުއްޖާއަކީ އެ ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އަދި އެ އަންހެން ކުއްޖާ ރޭޕްކުރީ އިންޑިއާގެ ރައްޔިތެއްކަމަށްވާ އެ ރިސޯޓްގެ އެފްއެންޑްބީ މެނޭޖަރ އަމިތު ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް އެފަދަ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިނުވާ ކަމަށް ފުލުހުން ބުނި ފަހުން މިއަދު އެންމެ ފަހުން  އެމީހާ މިހާރުވަނީ ރާއްޖެ ދޫކޮށް ގޮސްފައި ކަމަށްވެސް ”ޕްރެސް ”ގައި ބުނެފައިވެއެވެ.

“މި އަންހެން ކުއްޖާ ރޭޕްކުރި އެފްއެންޑްބީ މެނޭޖަރ އަމިތު ކުމާރު ރާއްޖެއިން ފުރުވާލާފައިވަނީ އެ ރިސޯޓްގެ މުވައްޒަފުންނަށްވެސް އޮޅުވާލައި، ސިއްރުންނެވެ.” ޕްރެސް ގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top