ތައުލީމީ މަރުކަޒަށް ނަޒީރު 1 ލައްކަ ރުފިޔާ ހަދިޔާ ކޮށްފި

ފޭލި ޖަމްއިއްޔާއިން މިދިޔަ އަހަރު ތައުލީމީ މަރުކަޒަށް ޕްރޮޖެކްޓަރުތަކެއް ހަދިޔާކުރަނީ. އޭދަފުށީގެ އަމިއްލަ ފަރާތްތަކުން އަބަދުވެސް ތައުލީމީ މަރުކަޒަށް ބޮޑެތި އެހީތައް ލިބެމުންދޭ / ފޮޓޯ: ތައުލީމީ މަރުކަޒު

ފޭލި ޖަމްއިއްޔާއިން މިދިޔަ އަހަރު ތައުލީމީ މަރުކަޒަށް ޕްރޮޖެކްޓަރުތަކެއް ހަދިޔާކުރަނީ. އޭދަފުށީގެ އަމިއްލަ ފަރާތްތަކުން އަބަދުވެސް ތައުލީމީ މަރުކަޒަށް ބޮޑެތި އެހީތައް ލިބެމުންދޭ / ފޮޓޯ: ތައުލީމީ މަރުކަޒު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ފަންޑަށް އޭދަފުއްޓަށް އުފަން މަހުޖަނު ޗާންދަނީގެ އަހްމަދު ނަޒީރު 1 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިފައިސާ މިހާރު އެމަރުކަޒާ ހަވާލުކޮށްފައިވާކަމަށާ، ދަރިވަރުންގެ ފަންޑަށް ފައިސާ ޖަމާކޮށްފައިވާކަމަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިއަކު އީވީއަށް ވިދާޅުވީ މިފައިސާ އަކީ ނަޒީރުގެ މަންމައާ، ބައްފަގެ ހަނދާނުގައި ހަދިޔާކުރައްވާފައިވާ ފައިސާގެ އެހީއެއްކަމަށެވެ.

އަހްމަދު ނަޒީރުގެ ފަރާތުން މީގެކުރިންވެސް ތައުލީމީ މަރުކަޒަށް ބޮޑެތި އެހީތަކެއް ލިބިފައިވެއެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ނަޒީރު ހަދިޔާކުރެއްވި މިފައިސާއިން ދަރިވަރުންގެ ކުރިއެރުމަށް ވަސީލަތް ތަރައްޤީކުރުމަށް ހަރަދުކުރުމަށް ނިންމާފައިވާކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަށް އޭދަފުށީ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ފޭލި އަދި އޭދަފުށީ ދާއިރާގެ މެމްބަރ ރެޑްވޭވް ސަލީމްވެސް މިދިޔަ އަހަރުވަނީ ޕްރޮޖެކްޓަރުތަކެއް ހަދިޔާކޮށްފައެވެ. މީގެއިތުރުންވެސް ބައެއް ފަރާތްތަކުން މިދިޔައަހަރު ތަކެތީގެ އެހީ ލިބިފައިވާކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top