ފުޓްސަލް ދަނޑު އަޅަން ހުޅަނގު އަންހެނުންމިސްކިތް ތަޅާލި ސަރަހައްދު

ފުޓްސަލް ދަނޑުއަޅަން ހަމަޖެއްސިބިން (ރަތްކުލައިގެ ބޮޅު) ކުރިން ހުރިގޮތް . އަންހެނުންގެ މިސްކިތާ ތާނގީތައް ތަޅާލައި ބިންމިހާރުވަނީ ސާފުކޮށްފައި / ފޮޓޯ: ފޭސްބުކް

ފުޓްސަލް ދަނޑުއަޅަން ހަމަޖެއްސިބިން (ރަތްކުލައިގެ ބޮޅު) ކުރިން އޮތްގޮތް . އަންހެނުންގެ މިސްކިތާ ތާނގީތައް ތަޅާލައި ބިންމިހާރުވަނީ ސާފުކޮށްފައި / ފޮޓޯ: ފޭސްބުކް

ސަރުކާރުން މިއަހަރު ތެރޭގައި އޭދަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑު އެޅުމަށް އޭދަފުށީގެ ކުރީގެ ހުޅަނގު އަންހެނުންގެ މިސްކިތް ހުރި ސަރަހައްދު ކަނޑައަޅައިފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިބިން ހަމަޖެއްސީ ރަށުގެ ކުޅިވަރު ކުޅޭ ސަރަހައްދުތަކުން ދަނޑުނެގެން އޮތް ސަރަހައްދަކާމެދު ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ނިމިދިޔަ ކައުންސިލުން ކަމަށެވެ. ކައުންސިލްގެ ނާއިބްރައީސް މުހައްމަދު ނައުރީފް ވިދާޅުވީ މިހާރުގެ ރަސްމީ ފުޓްބޯޅަ ދަނޑުގެ ދެކުނުން އޮތް މިސަރަހައްދުން އެކަށީގެންވާވަރުގެ ބިމެއް ލިބޭކަމަށާ، ކޮންޓްރެކްޓަރާ ބިންހަވާލުކުރުމަށް ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޔޫތް މިނިސްޓްރީގެ ކުރެހުމުގައި ވާގޮތުންފުޓްސަލް ދަނޑު އަޅާނީ ދަނޑުގެ ދިގުމިން ދެކުނުން އުތުރަށް ވާގޮތަށް ދިގުމިނުގައި 96.4 ފޫޓް ހުންނަގޮތަށެވެ. ފުޅާމީން އިރުން ހުލަނގަށް 76.3 ފޫޓަށެވެ. ކުރެހުމުގައި ވާގޮތުން ފުޓްސަލް ދަނޑުގެ އިތުރުން އެސަރަހައްދުގައި ބާސްކެޓް ކޯޓަކާއި ވޮލީކޯޓެއްވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ކުރެހުން (ފުޓްސަލް ދަނޑު ކަނާތްފަރާތު ތިރީކަމުގައި) / ފޮޓޯ: އޭދަފުށީ ކައުންސިލް

ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ކުރެހުން (ފުޓްސަލް ދަނޑު ކަނާތްފަރާތު ތިރީކަމުގައި) / ފޮޓޯ: އޭދަފުށީ ކައުންސިލް

ކައުންސިލްގެ ނާއިބްރާއީސް ނައުރީފް ވިދާޅުވީ ފުޓްސަލް ދަނޑުގެ އިތުރުން ޒުވާނުންގެ މަރުކަޒާ އިންވެގެން އޮތް ބިމުގައި އިންޓަނޭޝަނަލް ޓާފް ދަނޑެއް އެޅުމަށް އަމިއްލަ ފަރާތަކުން މަސައްކަތް ކުރަމުންއަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޓާފް ދަނޑުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ.

ސަރުކާރުން މިއަހަރު ތެރޭގައި ގާއިމްކުރުމަށް ނިންމާފައިވާ ސްޕޯޓްސް އެރީނާ ތަކުގެ ތެރެއިން އޭދަފުއްޓާއެކު 13 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް މިދިޔަ ހަފްތާތެރޭގައި ހަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މި އެއްބަސްވުން ތަކުގެ ދަށުން ބ. އޭދަފުއްޓާއި އދ. މާމިގިލީގެ ފުޓްސަލް ދަނޑު އެޅުމަށް ހަވާލު ކުރީ ލޯން ސްޓާ ޓްރޭޑިންއާ އެވެ. އީވީއަށް މައުލޫމާތު ލިބިފައިވާގޮތުން ފުޓްސަލް ދަނޑު އެޅުމަށް ހަވާލުކޮށްފައިވާ ކުންފުނީގެ ޓީމެއް މިހަފްތާ އޭދަފުއްޓަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top