ގާސިމުގެ ރަނިން މޭޓަކަށް ޑރ. އަމީން

large_167964212222jiEc.jpg

ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމާ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް--- ފޮޓޯ/ ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް ހަމަޖައްސައިފި އެވެ.

ބ. ތުޅާދުއަށް ނިސްބަތްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީންއަކީ ފެށުނީއްސުރެ، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ.

ގާސިމުގެ ރަނިން މޭޓަކަށް އަމީން ހަމަޖައްސަވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގާސިމްގެ ކެމްޕޭން މެނޭޖަރަކަށްވެސް ހަމަޖައްސަވާފައިވާ އެއް ބޭފުޅަކީ އަމީން އެވެ.

އަމީން މީގެކުރިން އަދާކުރެއްވި ސަރުކާރުގެ އިސް މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނައިބުކަމާއި، ތައުލީމީ ފަންޑުގެ ޗެއާމަންކަން ހިމެނެއެވެ. މީގެ އިތުރުން އެމްއެންބީސީގެ ޑެޕިއުޓީ އެގްޒެކްޓިވް ޑިރެކްޓަރު ކަމާއި، އެމްޓީސީސީ ބޯޑުގެ ޑިރެކްޓަރު ކަމުގެ އިތުރުން، ކުންފުނިތައް އެސްޓެބްލިޝްކޮށް އެތަންތަނަށް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުން މަސައްކަތް ކުރެއްވުން ވެސް ހިމެނެއެވެ.

ޑރ.އަމީން އިބްރާހިމަކީ ތުޅާދޫގެ މަޝްހޫރު ޚިދުމަތްތެރިޔާ އަދި ޤުރުއާން މުދައްރިސް އަލްމަރުހޫމް އިބްރާހިމް ހުސައިންފުޅުގެ އެންމެ ދޮށީދަރިކަލުންނެވެ.

އަމީން ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top