މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބާއްވަނީ

big_ya6ldodcUxHbkVVrSopUgjA5G.jpg

ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް މުބާރާތް ކާމިޔާބު ކުރި ދިވެހި ގައުމީ ފުޓްސަލް ޓީމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން، މުޅިން އަލަށް ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވާން، އަންނަ ހަފްތާގައި ހުޅުވާނެކަން، އެފްއޭއެމްގެ ރައީސް އަހްމަދު ތާރިޤު މިއަދު އިއުލާން ކުރައްވައިފިއެވެ.

ފުޓްސަލް ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށް ގެންދާނީ، މުޅި ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލައިގެންނެވެ. އެ ފޯމެޓަށް މުބާރާތް ކުރިއަށް ގެންދިއުމުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އޮތް ކޮންމެ ރަށަކުން ވެސް ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު ދައްކައިދީ، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަރިންތަކަކަށްވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް ވިދާޅުވި އެވެ.

މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކުޅުންތެރިއަކަށް ވެސް ގައުމީ ފުޓްސަލް ޓީމަށް އެރުމަށް ފުރުސަތު ފަހިވެ، ސާފް ފުޓްސަލް މުބާރާތުގައި ގައުމު ތަމްސީލުކޮށް، އަނެއްކާ ވެސް ޗެމްޕިއަނުންނަށްވުމަށް ޓީމުގައި ހިމެނުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އެފްއޭއެމުން ބުނީ ފުޓްސަލް ޗެމްޕިއަންޝިޕް ކުރިއަށް ގެންދާނީ ރީޖަނަލް ލީގު ކުރިއަށްދާ ގޮތަށް ކަމަށެވެ. އެގޮތުން ހަތަރު ރީޖަންގެ ގަދަ ޓީމުތައް، ދިވެހި ލީގެކޭ އެއްގޮތަށް، ހުރިހާ ރީޖަންއެއްގެ އެންމެ ވަރުގަދަ ޓީމުތަކުގެ މެދުގައި ކުޅޭ މުބާރާތެއްގައި ވެސް ކުޅޭނެ އެވެ.

މި މުބާރާތާއި ގުޅޭ އިތުރު ތަފްސީލު، އެފްއޭއެމުން އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށް ޓޮމް ވިދާޅުވިއެވެ.

ފުޓްސަލްގައި ރާއްޖެއަކީ މި ސާފް ސަރަހައްދުގެ ޗެމްޕިއަނުންނެވެ. ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް މުބާރާތް ރާއްޖޭން ކާމިޔާބު ކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top