ބ. އޮޅުގިރީ ދެކުނުން 4.5 މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފި

main_20251104_160305-1024x660-1.jpg

ބ. އޮޅުގިރީގެ ދެކުނުން 4.5 މޭލު ބޭރުގައި، އައު ވަދު ކަނދުފައްޗެއް އަޅައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަސައްކަތެއްގެ ގޮތުގައި،  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިސްކަމެއް ދީގެން، ސަރުކާރުގެ މަސްވެރިކަން ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު މަޝްރޫއެކެވެ.

މި ވަދު ކަނދުފަތީގެ ނަންބަރަކީ B08V01 އެވެ. މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 00°،04.56’N އާއި 72°59.000’E އެވެ. މީގެކުރިން، ވަދު ކަނދުފަތި ނަންބަރު G08V01 ވެސް މި ސަރަޙައްދުގައި ގާއިމްކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މި ކަނދުފަތި އެޅުމުގެ މަގުސަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި އެޅުމާ ގުޅިގެން އެ ސަރަހައްދުގެ މަސްވެރީންނަށް، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް، ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނދުފަތިތައް އެޅުމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅައުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫއެއް ވުޒާރާއިން ވަނީ ފަށާފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top