ދަރަވަންދޫ ކައުންސިލުން ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދާއި ބައްދަލުކޮށްފި

ިޮުތރެއް.jpg

ބ. ދަރަވަންދޫ ކައުންސިލުން ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދާއި ބައްދަލު ކޮށްފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ގައި މިއަދު އޮތް މި ބައްދަލުވުމުގައި މިނިސްޓްރީގެ ޓެކްނިކަލް ޓީމުވެސް ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދަރަވަންދޫ ބަނދަރުގެ މަޝްރޫއާއި ރަށް ގިރުމުގެ މައްސަލައާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ދަރަވަންދޫ ބަނދަރު މަޝްރޫޢުގެ މިހާރުގެ ހާލަތާއި، ކުރިއަށް އޮތް ތަނުގައި މަޝްރޫޢު ތަރައްޤީކުރުމަށް ރޭވިފައިވާ ގޮތްތަކާއި ބެހޭގޮތުންވެސް މަޢުލޫމާތު ހިއްސާކުރެވުނެވެ.

ހަމައެހެންމެ ރަށުގެ ބޮޑުބައެއް ގިރައިގެން ގޮސްފައިވާތީ މިއީ ރަށުގެ ރައްޔިތުންގެވެސް ވަރަށްބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މިނިސްޓްރީއިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top