ވިމެން އޮން ބޯޑްސްގެ އެޖެންޓަކަށް ނަސްރާ ހަމަޖައްސަވައިފި

ފަތުނ.jpg

އަންހެނުން ބާރުވެރި ކުރުވުމަށާއި ކޯޕަރޭޓް ބޯޑްތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާ، ވިމެން އޮން ބޯޑްސް ގެ ބ. އަތޮޅު އައުޓްރީޗް އޭޖެންޓަކަށް އޭދަފުށީ “އަމަން” ފާތުމަތު ނަސްރާ ހަމަޖައްސަވައިފިއެވެ.

މަގާމާއި ހަވާލުވެއްޖެކަން ޔަގީން ކޮށްދެމުން ނަސްރާ ވިދާޅުވީ ވިމެން އޮން ބޯޑްސް ގައި ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ މިފަދަ ޖަމިއްޔާއަކާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށްބޮޑު އުފަލެއްކަމަށާއި މިއީ ރީތި ނަމަކަށްވުރެ އަދާކުރަންޖެހޭ މުހިއްމު މަސްއޫލިއްޔަތެއްކަމުގައި ދެކޭ ކަމަށެވެ. އަދި މި މަގާމުގައި ހުރެގެން “ވޮބްސް” ބޭނުންވާފަދަ މަސައްކަތްތަކެއް ކުރެވިދާނެކަމަށް އުއްމީދު ކުރާ ކަމުގައެވެ.

ބ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނަސްރާ ވަނީ މީގެ ކުރިންވެސް ސަރުކާރުގެ މުހިއްމު މަގާމުތަކެއްގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ އޭދަފުށީ ބްރާންޗްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމާއި ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސްގައި އިނގިރޭސި ލެކްޗަރަރއެއްގެ ގޮތުންވެސް މަސައްކަތް ކުރައްވާފައި ވެއެވެ.

ނަސްްރާ ވަނީ ސީއެޗްްއެސްސީ އިން އޭލެވެލް ފުރިހަމަ ކުރުމަށް ފަހު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިން ބެޗެލާ އޮފް ހިއުމަން ސައިންސް (މާސް ކޮމިޔުނިކޭޝަން) އިން ޑިގްރީ ހާސިލުކުރައްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top