ޖަމްއިއްޔާއަށް ދިން ބިމުގެ އަގު ރައްޔިތުންނަށް އަދާކުރާނަން – ޓީބީގެ ރައީސް

IMG_20170117_095326.jpg

ޖަމިއްޔާއެއް ހިންގުމަށް ބިމެއް ދިނުމަކީ ރައްޔިތުންނަށް އެކަމުގެ އަގު އަދާކުރަން ޖެހޭ ކަމެއްކަމަށާއި އޭގެ ބަދަލުގައި އިމާރާތް އެއްކޮށް ކުއްޔަށް ދިނުމަކީ ޖަމިއްޔާގެ މަގްސަދާމެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް ކަމަށް ކްލަބް ދަ ބިގިނާސް (ޓީބީ) ގެ ރައީސް އަލީ ޝަފީގު ވިދާޅުވެއްޖެއެވެ.

ވަކި ޖަމިއްޔާ އެއްގެ ނަން ހާމަ ނުކޮށް އަލީ ޝަފީގު މިހެން ވިދާޅުވީ ކްލަބް ބިގިނާސް ހިންގުމަށް އޭދަފުށީ ކައުންސިލުން ބިމެއް ހަމަޖައްސައި ދިނުމުން އެކަމާބެހޭ ގޮތުން އީވީއާ ވާހަކަ ދައްކަވަމުންނެވެ.

“އަޅުގަނޑުމެންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމަށް ބިމުގެ އަގުބޮޑު އޭދަފުށިން ބިމެއް ދީފި. އެއީ ޖަމިއްޔާގެ ތަކެތި ރައްކާ ކުރުމަށާއި ޖަމިއްޔާގެ އިދާރީ މަސައްކަތްތަކާއި ރައްޔިތުންނާ ގުޅުންހުރި ކަންކަން ހިންގުމަށް. އެކަމަށް އޭދަފުށީ ކައުންސިލަށް ޝުކުރު އަދާކުރަން.” އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ކައުންސިލުން ޓީބީއަށް ބިމެއް ހަމަޖައްސައިދިނުމަކީ ޓީބީއާމެދު ކައުންސިލަށް އޮތް އިތުބާރު ހާމަވެގެންދާ ކަމެއްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން ކުރި މި އިތުބާރުގެ ބަދަލު ދޭނީ ރައްޔިތުން ހެއްވާލައިގެން ކަމުގައެވެ. އެކަމަކު އެހެން ޖަމިއްޔާ ތަކަށް ނަމޫނާއެއްގެ ގޮތުގައެވެ.

“ނުކުރާނެ ކަމެއް އެއީ ޖަމިއްޔާގެ އެއްކޮށް ކުއްޔަށް ދިނުން. އަޅުގަނޑުމެން ޖަމިއްޔާގެ ބޭނުން ކުރާނީ އިދާރީ ބޭނުންތަކަށާ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހިންގުމަށް.” އަލީ ގެ ވިސްނުން ހުރި ގޮތް އީވީއަށް ސާފުކޮށް ދެއްވިއެވެ.

އަލީ ވިދާޅުވީ ޖަމިއްޔާއަށް ދިން ގޯތީގައި އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އިމާރާތް ނިމުމުން ވޭތުވެ ދިޔަ ކުރު މާޒީގައި ޖަމިއްޔާ އިން ރަށަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ވުރެ ގިނަ ޚިދުމަތް ތައް ބާރު ސްޕީޑްގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން ޖަމިއްޔާގެ ދުވެލިވެސް ހަލުވި ކުރާނޭ ކަމަށްވެސް އަލީ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް. ކުރިއަށް ދާންވީ މަގު ވަރަށް ސާފު. އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ އަންހެންނުންނަށް އަމާޒުކޮށްގެން ހިންގާ ކޯސް ތަކެއް. އެއީ  އެކަނބަލުންގެ އާއްމު ދިރިއުޅުމުގެ ފެންވަރާއި ހުނަރު އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕޭސްޓްރީ ކޯހަކާއި ކަރުދާހުން މާހެދުމުގެ ކޯހެއް. މީގެ އިތުރުންވެސް އިތުރު ކަންކަން އެބަހުރި ރޭވިފައި”

ކްލަބް ދަ ބިގިނާސް ގެ އިތުރުން އޭދަފުށީގެ ތިން ޖަމިއްޔާއަކަށްވެސް އޭދަފުށިން ވަނީ އެތަންތަން ހިންގުމަށް ބިން ދޫކޮށްފައެވެ.

2012 ވަނަ އަހަރު އޭދަފުށީ އިރުމަތީކޮޅު ޒުވާނުންކޮޅެއް ގުޅިގެން އުފެއްދި ދަ ބިގިނާސް ކްލަބަކީ އޭދަފުށީގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެޖަމިއްޔާ އިން މިހާތަނަށް ކުރި މުހިއްމު ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މަސްޖިދުޔޫސުފް އެއަރ ކޯންކުރުމާއި، ކާޕެޓް އަޅައިދިނުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top