އަލަށްނުކުންނަ ސެމްސަން ގެލެކްސީ އެސް7 ، ދިރާގުން އިންސްޓޯލްމަންޓަށް ދޫކުރަނީ

l_145768422329rn1H.png

ދިރާގުން ސެެމްސަން ކުންފުނިން އަލަށް ނެރުމަށް ހަމަޖެހިފައިވާ އެސްސެވަން އާއި “އެސްސެވަން އެޖް”  އިންސްޓޯލްމަންޓަށް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ދިރާގުގެ ވެބް ސައިޓް މެދުވެރިކޮށް ފޯނުތަކަށް ޕްރީ އޯޑަރކުރުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ.

ދިރާގުން ބުނީ އިންސްޓޯލްމަންޓަށް ފައިސާ ދައްކާގޮތަށް ޕެކޭޖެއް ތައާރަފްކުރުމުގެ ބޭނުމަކީ ކޮންމެ ކަސްޓަމަރަކީ އެއްފަހަރާ އެހާ ބޮޑުއަދަދެއްގެ ފައިސާ ދެއްކޭނެ މީހަކަށް ނުވާތީ ހުރިހާ ކަސްޓަމަރުންނަށް ވެސް އެފުރުސަތު ދިނުމުގެ ގޮތުން ކަމުގައެވެ.

ޕެކެޖްގައިވާގޮތުން އެސްއެމް 930 މޮޑެލްގެ ސެމްސަން ގެލެކްސީ އެސް7 (32ޖީބީ ) ގެ ފޯނެއް ގަތުމަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 2499ރު. އެވެ. މަހަކަށް ދައްކަން ޖެހެނީ 799ރ. އެވެ. އަދި އެސްއެމް 935 މޮޑެލް ސެމްސަން ގެލެކްސީ އެސް7 އެޖްގެ ފޯނަކަށްވެސް އެޑްވާންސްގެ ގޮތުގައި ދައްކަން ޖެހެނީ 2499ރު. އެވެ. މަހަކަށް ދައްކަން ޖެހެނީ 949 ރު.އެވެ.

އިންސްޓޯލްމަންޓަށް ފޯނު ނަގާ ފަރާތްތަކުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އެއް އަހަރު ދުވަހެވެ. ކޮންމެ ނަންބަރަކަށްވެސް ޕްރީ އޯޑަރ ކުރެވޭނީ ގިނަވެގެން ދެފޯނެވެ.

އެސް7 ސީރީޒްގައި ހިމެނެނީ ރަންކުލައާއި ކަޅުކުލައިގެ އިތުރުން ރިހި ކުލައެވެ. ގެލެކްސީ އެސް7 ވިއްކުމަށް ހަމަޖެހިފައިވަނީ 11،499 ރުފިޔާއަށެވެ. ގެލެކްސީ އެޖް ވިއްކުމަށް ހަމަޖެހިފައިވަނީ 13,499 ރުފިޔާއަށެވެ.

މިފަހަރުވެސް އެސް ސެވަންގެ ފޯނުތައް ދުނިޔޭގެ ބާޒާރަށް ނެރޭ ދުވަހު، ރާއްޖޭގައިވެސް ފޯނުތައް ލޯންޗުކުރެވިގެންދާނެ ކަމަށާއި ޕްރީއޯޑަރު ނަގާ ހުރިހާ ފަރާތްތަކަށް ފޯނު ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށް ދިރާގުން ބުނެއެވެ.

އެސް ސެވަންގެ ފޯނުތަކަކީ ގިނަ ވަގުތު ބެޓެރި ހިފަހައްޓާ، ވޯޓާ ޕްރޫފް ފޯނުތަކެކެވެ. އެ ދެ ފޯނުވެސް ވަޔަރލެސްކޮށް ޗާޖު ކުރެވޭ އިރު، ފޯނު އޮން ކުރުމަކާ ނުލައި، އަބަދުވެސް ގަޑިއާ ކަލަންޑަރު އަދި މުހިންމު ނޮޓިފިކޭޝަންތައް ސްކްރީނުން ފެންނަން ހުންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top