އަހަރުގެ އެންމެ އުންމީދީ ފުޓްބޯޅަކުޅުންތެރިޔާގެ އެވޯޑް ހަމްޒާއަށް

0_1450987420hampuuu_news.jpg

ހަމްޒާ - ފޮޓޯ : ހަވީރު

ދުވަހުނޫސް “ހަވީރު” ގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެމުންއަންނަ ހަވީރު ސްޕޯޓްސް އެވޯޑްގައި އަހަރުގެ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް އޭދަފުށީ ހަމްޒާމުހައްމަދު ހޮވައިފިއެވެ.

ނިއުރޭޑިއަންޓަށް ކުޅެމުން އަންނަ ހަމްޒާއަށް ލިބުނު އެވޯޑާ ހަވާލުވުމަށް މިރަސްމިއްޔާތުގައި ބައިވެރި ނުވެވުނީ މިހާރުވެސް އޭނާ ހުރީ ނިއު އާއެކު އޭއެފްސީ ކަޕްގެ މެޗެއްކުޅުމަށް ހޮންގްކޮންގގައި ކަމަށް ވާތީއެވެ.

އެވޯޑް ލިބުމުން ވަރަށް އުފާވެފައި ހުރި ހަމްޒާ ބުނެފައިވަނީ މިއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ލިބުނު އެވޯޑެއްކަމަށް ދެކޭކަމަށާއި އެކަމަށްޓަކާ ﷲގެ ކިބަފުޅަށް ޝުކުރުކުރާ ހާލު އޭނާއަށް އެހީތެރިވި އެންމެންނަށްވެސް ޝުކުރުއަދާކުރާކަމުގައެވެ.

“ދެން އަޅުގަނޑު ޚާއްސަކޮށް ޝުކުރު އަދާކުރަން އާއިލާ އަށާއި ނިއުރޭޑިއަންޓަށް އަދި ގައުމީ ޓީމަށް. ” ނިއުރޭޑިއަންޓްގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ވީޑިއޯމެސެޖްގައި ހަމްޒާ ބުނެފައި ވެއެވެ.

ހަމްޒާ އަހަރުގެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ 2254 ޕޮއިންޓް ލިބިގެންނެވެ. ދެވަނައަށް ހޮވިފައިވާ ނާއިޒްހަސަން (ދާދު) އަށް ލިބިފައިވަނީ 1527 ޕޮއިންޓެވެ. އަދި ތިންވަނައަށް 819 ޕޮއިންޓާއެކު ހޮވިފައިވަނީ އިބްރާހީމް މުބީން (މުއްކި) އެވެ.

ހަމްޒާގެ ފުޓްބޯޅަ ކެރިއަރ ފައްޓާފައިވަނީ އޭދަފުށީގެ ފުޓްބޯޅަދަނޑުގައެވެ. ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުންވެސް އޭނާވަނީ ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ.

ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓާ ގުޅުނުފަހުން ފާއިތުވި ދެ ސީޒަނުގައި އެޓީމުން ހޯދި ކާމިޔާބުތަކުގައި އޭނާގެ ބޮޑު ހިއްސާއެއް އެކުލެވިފައި ވެއެވެ.

ޒުވާން ހަމްޒާއަށް ރާއްޖޭގެ ޓީމްތަކުގެ ކޯޗުންގެ ތައުރީފާއި މި ރީޖަންގެ ގައުމުތަކުގެ ފުޓްބޯޅަ ކޯޗުންގެ ތައުރީފުވެސް ލިބިފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top