ފިނޮޅު ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބ. އަތޮޅުގައި ޖޮބްފެއަރއެއް

3-Maldives-w1.jpg

ފިނޮޅު ރިސޯޓް

އަންނަ ޖޫންމަހު ހުޅުވަން ތައްޔާރުވެފައިވާ ބ. އަތޮޅުގައި އޮންނަ ފިނޮޅު ރިސޯޓްގެ 11 ދާއިރާއަށް ބޭނުންވާ މުވައްޒަފުންހޯދުމަށް ޖޮބްފެއަރއެއް ބޭއްވުމަށް ނިންމައިފިއެވެ.

ފިނޮޅުރިސޯޓްގެ އިތުރުން ބ. އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓްވެސް ހިންގަމުން އަންނަ ކުންފުނި ކަމުގައިވާ ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި ޖޮބްފެއަރ ބޭއްވުމަށް ނިންމާފައިވަނީ ގޮއިދޫގައާއި ތުޅާދޫ އަދި އޭދަފުށީގައެވެ.

ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ :

• ތުޅާދޫ – މާޗް 17، 2016 (ބުރާސްފަތި) މެންދުރުފަހު 2:00 – 5:00 އަށް (ތުޅާދޫ ސްކޫލުގައި)
• ގޮއިދޫ – މާޗް 18، 2016 (ހުކުރު) ހަވީރު 3:00 – 6:00 އަށް (ގޮއިދޫ ޕްރީ ސްކޫލުގައި)
• އޭދަފުށި- މާޗް 19. (ހޮނިހިރު) ހެނދުނު 9:00 – 12:00 އަށް އަދި މެންދުރުފަހު 2:00 އިން 5:00 އަށް(މަލްޓިޕާޕާސް ހޯލުގައި)

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޖޮބް ފެއަރއާ ބެހޭ ގޮތުންދަ ސްމޯލް މޯލްޑިވްސް އައިލެންޑްކުންފުނިން ބުނީ އެރިސޯޓަށް ގިނަ ދާއިރާތަކަކުން މުވައްޒަފުން ބޭނުންވާ ކަމަށާއި މި ފެއަރބޭއްވުމުގެ މަގްސަދަކީ އެވަޒީފާތަކަށް މީހުން ހޯދުން ކަމުގައެވެ.

މި ކުންފުނީގެ ފަރާތުން ބ. އަތޮޅުގައި ހިންގާ އަމިއްލަފުށި ރިސޯޓަށް މީހުން ބޭނުންވެގެން މީގެ ކުރިންވެސްވަނީ ޖޮބްފެއަރއެއް ބާއްވާފައެވެ. އެފަހަރު ލިބުނު ތަރުހީބަށް ބަލާފައި މި ފެއަރއިންވެސް އެފަދަ ތަރުހީބެއް ލިބޭނޭ ކަމުގައި ކުންފުނިން އުއްމީދުކުރެއެވެ.

126ރޫމާއި 40 ވިލާ އާއެކު އެހެނިހެން ޚިދުމަތްތައްވެސް ލަގްޒަރީ ފެންވަރުގައި ހުންނަ
ފިނޮޅުރިސޯޓަކީ އަމިއްލަފުށިން ފުރައިގެން 30 މިނިޓްގެ ތެރޭގައި ސްޕީޑް ލޯންޗުގައި ދެވޭ ދުރުމިނުގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. ރިސޯޓް ތަރައްގީ ކޮށްފައިވާ ދަ ސްމޯލް މޯލްޑިވްސް ކުންފުންޏަކީ ކޯސްޓްލައިން އިންވެސްޓްމްންޓްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top