ވޯޓުލާތަން ބަދަލު ކުރުމުގެ ފުރުސަތު މިމަހު 15 ގެ ނިޔަލަށް

i2rBQLMoB86u3nUJt2cb.jpg

ރަށްވެހިކަން ބަދަލުކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، މިމަހުގެ 15ވަނަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން އިލްތިމާސް ކޮށްފި އެވެ.

އަދި އެ ތާރީހަށްފަހު ވޯޓުލާމީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް މިކަމާގުޅިގެން އީސީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

އީސީ އިން މިހާރު ކުރަމުން އަންނަނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތެވެ. މި އިންތިޚާބު އޮތީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top