ރައިޓް ސައިޒްކޮށް ނިމޭއިރު ކުންފުނިތަކުން 6،000 މުވައްޒަފުން މަދުވާނެ

big_mzdiIXxu3hD8yU6dxjVTjY1dU-1.jpg

ސަރުކާރު ކުންފުނިތައް ރައިޓް ސައިޒްކޮށް ނިމޭއިރު 6،000 ވަރަކަށް މުވައްޒަފުން މަދުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރައިޓްސައިޒް ކުރުމުގެ މަސައްކަތް ނިމޭއިރު ސަރުކާރުން ކުންފުނިތަކުން 6،000 ވަރަކަށް މުވައްޒަފުން މަދުވާނެ ކަމަށެވެ.

”އިރާދަކުރެއްވިއްޔާ މިހާރު ހިނގާ ރައިޓް ސައިޒުކުރުމުގެ މަސައްކަތް ނިމޭއިރުގައި ވެއްދި އަދަދަށްވުރެ މަދު ކުރި އަދަދު 6،000 އެތައް މުވައްޒަފުންނެއް މަދުވާނެ. މިހާރު ހިސާބުތައް ދާގޮތުން މަދުވާ އަދަދު. އެހެންވީމަ އަޅުގަނޑުމެން ހަވާލުވިއިރުގައި އެސްއޯއީތަކުގައި ތިބި އަދަށްވުރެ މަދުވެގެންދާނެއޭ މާނައަކީ.” ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދުވެސް މަދުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަމާ ގުޅޭ ތަފުސީލީ މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ރަސްމީކޮށް ހާމަކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އަންގައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top