ދޮންފަނު އިންވިޓޭޝަނަލްކަޕް ހުޅުވާނީ މާޅޮހާއި ދޮންފަނު

medium_184272.jpg

އަންނަ ޑިސެމްބަރު 1ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ދޮންފަނު އިންވިޓޭޝަނަލް ކަޕް” ގެ 3ވަނަ މުބާރާތް ހުޅުވާ މެޗުގައި މާޅޮހާއި ދޮންފަނު ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިގޮތަށް ހަމަޖެހުނީ ރޭ އެފްއޭއެމް ހައުސްގައި ބޭއްވި މި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގަ އެވެ.

ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 8 ޓީމު ވާދަކުރެ އެވެ. މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ދޮންފަނު، ކަމަދޫ، މާޅޮސް އަދި މިދިޔަ އަހަރުގެ ރަނަރއަޕް އޭދަފުއްޓެވެ.

ގްރޫޕް ބީ ގައި ހިމެނެނީ ދަރަވަންދޫ، ކުޑަރިކިލު، ކިހާދޫ އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އެވެ.

ބ.އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ކުޑަރިކިލާއި ކަމަދޫ އާއި މާޅޮސް ބައިވެރިވެފައި މިވަނީ އަލަށެވެ.

“ދޮންފަނު ޒުވާނުންގެ ރޫހުން ” ބުނީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ޒުވާން ކުޅުންތެރިން ބިނާކޮށް ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިޖެއްސުން ކަމުގައެވެ. އަދި އަތޮޅުގައި ތިބި ހުރިހާ އުމުރެއްގެ ފުޓްބޯޅަ ކުޅުންތެރިން އެއް ތަނަކުން ބައްދަލުކޮށްލައި ކުރީގެ ކުޅުންތެރިންގެ ތަޖުރިބާއާއެކު، ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިގެ ކުރިމަގު އުޖާލާކޮށްދިނުމަކީވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކްލަބުން ބުނެއެވެ.

ދޮންފަނު އިންވިޓޭޝަނަލް ކަޕްގެ މިދިޔަ އަހަރުގެ ފައިނަލް މެޗްގައި އޭދަފުށި ބަލިކޮށް ގޮއިދޫ ޗެމްޕިއަންކަން ހޯދީ ފުރިހަމަ ވަގުތުގައި ދެ ޓީމު 3-3 އިން ހަމަހަމަވެ ޕެނަލްޓީ ޖަހައިގެން 12-13 އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top