މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު މިއަދުން ފެށިގެން 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
އެ ކުންފުނިން ބުނީ މި ބަދަލަކީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ޑިމާންޑާއި ސަޕްލައި އޮތް މިންވަރާ ގުޅުވައި ގެނައި ބަދަލެއް ކަމަށާއި، މިއީ އާންމު މަސްވެރިންނަށް އިންސާފުވެރި ބަދަލަކާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ބަދަލެއް ކަމަށެވެ.
އެގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ޖެޓީއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ޖެޓީއާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ޖެޓީގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކަލަމިންޖާ-401
މިފްކޯއިން ބުނީ މަހުގެ އަގު ކަނޑައަޅަނީ ކޮންމެ ދުވަހެއްގެ އަގު އެ ދުވަހަކަށް ވަކިން ކަމަށެވެ. އެގޮތުން 20 ރުފިޔާއަށް ކަޅުބިލަމަސް ކިލޯއެއް ގަންނަން ފެށީ ނިމުނު ޖޫން މަހުގެ މެދުތެރޭގައިކަން ފާހަގަކޮށް، ވަރަށް ދުވަސް ވަންދެން އެ ރޭޓު ދަށަށް ދިޔަނުދީ ހިފަހައްޓާފައިވާ ކަމަށް ކުންފުނިން ބުންޏެވެ.
މިހާރު ސަރުކާރުގެ ސިޔާސަތަކީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމެވެ. މި ބަދަލާއެކު، މަސްވެރިކަމަށް ނުކުންނަ ދޯނިފަހަރުގެ އަދަދު އިތުރުވެ، ސިނާއަތަށް ދިރުން ލިބެމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މިދިޔަ ޖޫން މަހުގެ ފަހުކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގައި ހިފެހެއްޓުން ކަމަށް ވިދާޅުވެފައެވެ.





