ކަމަދޫކައުންސިލްގެ ރައީސް މަގާމުންދުރުކޮށްފި

ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސަމީރު   ފޮޓޯ: ސަން

ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސަމީރު ފޮޓޯ: ސަން

ބ. ކަމަދޫކައުންސިލްގެ ރައީސް އަހްމަދުސަމީރުގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގައި އެމަގާމުން އޭނާ ދުރުކޮށްފިއެވެ.

ކަމަދޫ ކައުންސިލުން މިއަދު ބޭއްވި ބައްދަލު ވުމެއްގައި މަގާމުން ދުރުކުރަން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި ފަސް މެންބަރުންގެ ތެރެއިން ތިންމެންބަރުންގެ ވޯޓުންނެވެ. އެއްމެންބަރު ވޯޓްގައި ބައިވެރިވެފައެއްނުވެއެވެ. ކައުންސިލްގެ ރައީސްވަނީ ވޯޓްގެކުރިން ބައްދަލުވުން ދޫކުރައްވާފައެވެ.

ރައީސް ،މަގާމުން ދުރުކުރިސަބަބާ ބެހޭގޮތުން ކަމަދޫކައުންސިލްގެ ނައިބުރައީސް ހަސަންޒުހޫރު ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާގޮތުގައި އަދާކުރަމުން ނުގެންދަވާތީ މިފިޔަވަޅު އަޅަން ޖެހުނީކަމުގައެވެ.

މިކަމާގުޅިގެން ބައެއް މީޑިއާތަކަށް ސަމީރު ވިދާޅުވެފައިވަނީ މަގާމުން ދުރުކުރިކަން އެނގިވަޑައި ނުގަންނަވާ ކަމަށާ އެބައްދަލުވުމުގައި ބައިވެރިވިޔަސް އެޖެންޑާއާ ހަމައިން ޖަލްސާއިން ނުކުމެއްޖައިން ކަމުގައެވެ.

މީގެ ތިންމަސްދުވަސް ކުރިންވެސް ސަމީރުގެ އިތުބާރުނެތްކަމުގެ ވޯޓެއްވަނީ ނަގާފައެވެ. އެހެންނަމަވެސް އެފަހަރު އެލްޖީއޭގެ ސަރކިއުލާއާ އެއްގޮތަށް ވޯޓްގެކަންތައް ކުރިއަށްގެންގޮސްފައިނުވާތީ އެވޯޓް އެއޮތޯރިޓީއިން ބާތިލްކުރީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top