ވަޒީފާއަދާކުރުމުގެގޮތުން ކުރާމަސައްކަތާ އާއްމުންނަށްދޭ ޚިދުމަތުގެފެންވަރަށްބަލާ އެންމެރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް މިއަހަރު 40 މިލިޔަންރުފިޔާ ބޯނަސްގެ ގޮތުގައިދޭން ސިވިލްސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
މިއަދު ސީއެސްސީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެކޮޮމިޝަންގެ ޑިރެކްޓަރ މުސްތަފާލުތުފީ ވިދާޅުވީ މިއަހަރުދެވޭ ބޯނަސްއަކީ އެމުވައްޒަފެއްގެމަސައްކަތަށް ބެލުމަށްފަހު އެކަމަށް ޝަރުތުހަމަވާ މީހުންނަށް ދޭން ހަމަޖެއްސި ފައިސާއެކެވެ. މިފައިސާ އަންނަމަހުގެ މުސާރައާއެކު ދެވޭނެކަމަށާ ފައިސާގެ ކަންތައް ފިނޭންސް މިނިސްޓްރީއިން މިހާރު ހަމަޖައްސައިދީފައިވާކަމަށް މުސްތަފާ ވިދާޅުވިއެވެ.
ސީއެސްސީއިން ސިވިލްސާވަންޓުންނަށް ބޯނަސްދޭންފަށާފައިވަނީ މިދިޔައަހަރުއެވެ. ނަމަވެސް މިދިޔައަހަރަށްވުރެ މިއަހަރު ބޯނަސްދޭއަދަދު %3 އިތުރުވާނޭކަމަށް އެކޮމިޝަންގެ އެޗްއާރްއޮފިސަރ މުހައްމަދުރިޒާ ވިދާޅުވިއެވެ.
ސިވިލްސަރވިސް މުވައްޒަފުންގެ ބޯނަސްއަށް މިއަހަރު 40 މިލިއަންރުފިޔާ
