ޒުވާނުން ބޭނުންވާފެންވަރަށް އޭދަފުށީ ފުޓްސަލްދަނޑު ވަރަށްއަވަހަށްއަލިވާނެ

އޭދަފުށީ ފުޓްސަލްދަނޑު

އޭދަފުށީ ފުޓްސަލްދަނޑު

އޭދަފުށީ ޒުވާނުންގެ އެންމެބޮޑު ޝަކްވާއަކަށް ވެފައިވާ ފުޓްސަލް ދަނޑަށް ފުދޭވަރުގެ އަލިކަންނުލިބޭ މައްސަލަ ވަރަށްއަވަހަށް ޙައްލުވާނެކަމުގައި އޭދަފުށީކައުންސިލްގެރައީސް އަލީވަހީދު ވިދާޅުވެއްޖެއެވެ.

“އެ ދަނޑުގައި ހުންނަންޖެހެނީ ޔޫތު މިނިސްޓްރީން ސްޕެސިފައިކޮށްފައިވާ ވަކިވައްތަރެއްގެ ލައިޓެއް. އެވައްތަރުގެ ލައިޓް ވިއްކަންހުންނަނީ މާލޭގެ އެންމެ ތަނެއްގައި. އެތަނުގައިވެސް މިވަގުތު ނެތުމުން ރާއްޖެއިން ބޭރުލިބޭތޯ ވަރަށް މަސައްކަތްކުރުމަށްފަހު މިހާރު އެމްޓީސީސީ މެދުވެރިކޮށްގެން ގެނެވޭތޯ މިބަލަނީ.” ރައީސް ވިދާޅުވިއެވެ.

މިކަން އެމްޓީސީސީއިން ވެސް ވަނީ ޔަގީންކޮށްދީފައެވެ. އެތަނުންބުނީ އޭދަފުށީ ފުޓްސަލްދަނޑު ދިއްލަން ބޭނުންވާ ލައިޓްތައް ސަޕްލައިކުރަން އެމްޓީސީސީއާ ހަވާލުކުރުމުން  އެތަކެތި މިހާރު ލިބިފައިވާކަމާ ވަރަށްއަވަހަށް ލައިޓްތައް ފޯރުކޮށްދޭނެކަމުގައެވެ.
އޭދަފުށީ ފުޓްސަލްދަނޑުގެ މަސައްކަތްނިމި ދަނޑުގެބޭނުންކުރަމުން ދިޔައަސް އެދަނޑާ އަދިވެސް ރަސްމީކޮށް އޭދަފުށީ ކައުންސިލުން ހަވާލުނުވާކަމަށް ކައުންސިލްގެރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top